ރާއްޖެއިން މިއަދު އިތުރު 16 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހީންނާއި، ހަތް ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާ މީހެއް ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 2،203 އަށް އަރައިފައެވެ.

މިއަދު ބައްޔަށް ޕޮޒިޓިވް 16 މީހަކު ފެނިފައި ވާއިރު، 15 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 1،803 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި މިހާރު ފަރުވާދެމުންް އަންނަނީ 387 މީހަކަށެވެ.

މިއަދަކީ ފާއިތުވި ތިން ދުވަހަށް ބަލާއިރު އެންމެ މަދުން މީހުން ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ ރާއްޖެއިން 37 މީހަކު ބައްޔަށް ޕޮޒިޓިވްވިއެވެ.

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ ލުއިދީފައެވެ. މިއާއެކު އޮފީސްތަކުގެ މަސައްކަތްތައް ވަނީ ފަށައިފައެވެ. އަދި އޮފީސްތަކުގެ މުވައްޒަފުން ކޮވިޑް19 އަށް ޕޮޒިޓިވްވާ މިންވަރު ދަނީ އިތުރުވަމުންނެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ އަށް މީހުންނެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސިންނެވެ.