23 Jun 2020, 08:51
ކޮރޯނާވައިރަހާ ގުޅިގެން "ސަޅަކް 2"ގެ ޝޫޓިން ހުއްޓުމަކަށް އައި ނަމަވެސް އަލުން އެ ފިލްމުގެ މަންޒަރުތައް ޝޫޓްކުރުމަށް ތައްޔާރުވާން ފަށައިފި އެވެ.
މި ފިލްމުގެ ނުނެގި ހުރި ހުރިހާ މަންޒަރުތައް އަންނަ މަހު ޝޫޓްކުރަން ފަށާއިރު ޝޫޓިންތައް ބާއްވާނީ މުމްބާއީގަ އެވެ. މި ފިލްމުގެ އަންހެން ލީޑުގެ ގޮތުގައި އާލިއާ ބަޓް ފެނިގެންދާނެ އެވެ. މިއީ ޑައިރެކްޓަރު، ޕްރޮޑިއުސަރު މަހޭޝް ބަޓް އާއެކު އާލިއާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
"ސަޅަކް" އަކީ މަހޭޝް ޑައިރެކްޓްކޮށް 1991 ވަނަ އަހަރު ރިލީޒް ކުރި ފިލެމެކެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެން ދިޔައީ މަހޭޝްގެ ދޮށީ ދަރި ޕޫޖާ ބަޓް އަދި ސަންޖޭ ދަތު އެވެ.
"ސަޅަކް 2" އިން ވެސް ޕޫޖާ އަދި ސަންޖޭ ފެނިގެންދާނެ އެވެ. އަދި އަދިއްތުޔަ ރޯއީ ކަޕޫރު ވެސް ފެނިގެންދާނެ އެވެ.
މި ފިލްމު ރިލީޒްކުރާނީ ޑިޖިޓަލްކޮށް ކަމަށްވެސް ބައެއް ހަބަރުތައް ބުނެ އެވެ.