ޗައިނާއިން އެފްރިކާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ލޯނުތައް ދެއްކުމުގައި ލުއި ތަކެއް ޗައިނާ ސަރުކާރުން ދިނުމަށް ނިންމައިފި އެވެ.

ޗައިނާ އަކީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ޗައިނާގެ އެންމެ ބޮޑު ކްރެޑިޓަރުންގެ ގޮތުގައި ހިމެނޭ އެއް ގައުމެވެ. އެގޮތުން ޗައިނާއިން ވަނީ އެފްރިކާއަށް އެތައް 100 ބިލިއަން ޑޮލަރުގެ އެހީތަކެއް ފާއިތުވި އަހަރުތަކުގެ ތެރޭގައި ފޯރުކޮށްދީފަ އެވެ.

ނަމަވެސް މިހާރުގެ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ޗައިނާއިން ބުނެފައިވަނީ މިއަހަރުގެ ތެރޭގައި ދައްކަން ޖެހޭ ލޯންތައް ނަގާނީ އެއްވެސް އިންޓްރެސްޓަކާ ނުލާ ކަމަށެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިން ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި ޗައިނާއާއި އެފްރިކާ މަސައްކަތް ކުރާނީ އެކީގައި ކަމަށެވެ.

ރައީސް ޝީ ޖިންޕިން ވިދާޅުވީ އެފްރިކާގެ ގައުމުތަކުން ނަގާފައިވާ ލޯނުތަކަށް ލުއި ދެއްވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއްކަމެއް އަދި ކިހާވަރެއްގެ ލޯނުތަކެއް ހުރި ކަމެއް އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެ އެވެ.

އަމިއްލަ ޖަމާއަތްތަކުގެ ބައެއް ފަރާތްތަކުން ލަފާކުރާގޮތުގައި އެފްރިކާއިން ޗައިނާއަށް ބޮޑު ދަރަންޏެއް ދައްކަން ޖެހޭނެ އެވެ. އެގޮތުން 2018 ވަނަ އަހަރުގައި އެފްރިކާގެ އެކްސްޓާނަލް ޑެޓްގެ 20 ޕަސެންޓު ޗައިނާއަށް ދައްކަން ޖެހެ އެވެ.

ޗައިނާގެ ލީޑަރުން ވަނީ 2000 އިން ފެށިގެން 2018 އާ ދެމެދު 151 ބިލިއަން ޑޮލަރުގެ އެހީ އެފްރިކާއަށް ދިނުމަށް އެކި ފަހަރުގެ މަތީން ތަފާތު އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ.