ބެލަރޫސްގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިދިކޮޅު ލީޑަރު ވިކްޓާ ބަރަރީކޯ އާއި އޭނާގެ ދަރިފުޅު އެޑުއާޑް ބަބަރީކާ ހައްޔަރުކޮށްފި އެވެ.

އެޑުއާޑޯގެ މައްޗަށް ކޮށްފައިވަނީ ޓެކްސްއަށް މަކަރު ހެދުމުގެ ތުހުމަތުތަކެކެވެ. އޭނާ ދަނީ ބައްޕަގެ އިލެކްޝަން ކެމްޕޭންގައި އިސްކޮށް އުޅުއްވަމުންނެވެ.

ވިކްޓާއަކީ ބެލަރޫސްގެ ނުފޫޒްގަދަ ބޭންކަރެކެވެެ. އޭނާ ވަނީ އެގައުމުގައި ހުންނަ މަޝްހޫރު ބޭންކް ބެލްގަޒްޕްރޮމް ބޭންކްގެ އެންމެ އިސްވެރިއާގެ މަގާމުވެސް ކުރިން ފުރުއްވައިފަ އެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކިގެ ތެރޭގައި ފައިސާގެ އެކި މައްސަލަތައް ހިމެނެ އެވެ.

ދެ ބޭފުޅުން ހައްޔަރުކުރިއިރު އެގައުމުގެ މިހާރުގެ ރައީސް އެލެކްޒެންޑްރާ ލުކެެޝެންކޯ މިހާރު ދަނީ ހަވަނަ ދައުރަކަށް ކުރިމަތިލައްވަމުންނެވެ.

ބެލަރޫސްގެ އިންތިހާބު އަންނަ އޮގަސްޓު މަހު ބޭއްވުމަށް ނިންމާފައިވާއިރު ސަރުކާރުން ދަނީ އިދިކޮޅު ފަރާތްތަކުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެގައުމުގެ އިދިކޮޅު ލީޑަރެއް ކަމަށްވާ މިކޮލާ ސްޓެޓްކަވިޗްވެސް ވަނީ ދާދި ފަހުން ހައްޔަރުކޮށްފަ އެވެ. ބެލަރޫސްގެ އިދިކޮޅު ފަރާތްތައް ހައްޔަރުކުރަމުންދާތީ އެތައް ސަތޭކަ ބަޔަކު ވަނީ މަގުތަކަށް ވެސް ނުކުމެފަ އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސަލާ ވޮން ދިއާ ލެޔަން ދާދި ފަހުން ވަނީ ސިޔާސީ ހުރިހާ ކުށްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ. --ބީބީސީ