20 Jun 2020, 07:51
އެމެރިކާގެ ދައުލަތުގެ މީޑިއާތައް ހިންގާ ޔޫއެސް އޭޖެންސީ ފޯ ގްލޯބަލް މީޑިއާ (ޔޫއެސްއޭޖީއެމް)ގެ ދަށުން ހިންގާ ހަތަރު މީޑިއާއެއްގެ އިސްވެރިން މަގާމުން ވަކިކޮށްފި އެވެ.
ނާޒީންގެ ޕްރޮޕެގަންޑާތައް ހުއްޓުވަން 1942 ވަނަ އަހަރު އުފެއްދި ޔޫއެސްއޭޖީއެމްގެ ދަށުން ހިންގާ ވޮއިސް އޮފް އެމެރިކާ މިޑިލް އީސްޓް ބްރޮޑްކާސްޓިން، ރޭޑިއޯ ފްރީ އޭޝިއާ ރޭޑިއޯ ފްރީ ޔޫރަޕް/ ރޭޑިއޯ ލިބަޓީ އަދި އޯޕަން ޓެކްނޮލޮޖީގެ އިސްވެރިން ވަނީ ކޮށްފަ އެވެެ.
އެ ބޭފުޅުން މަގާމުން ވަކިކުރިއިރު ޔޫއެސްއޭޖީއެމްގެ ސީއީއޯއަކަށް ޓްރަމްޕް ވަނީ މައިކަލް ޕެކް މިމަހު އައްޔަންވެސް ކޮށްފަ އެވެ.
ކޮންޒަވޭޓިވް ވިސްނުމުގެ މައިކަލްއަކީ ވައިޓް ހައުސްގެ ކުރީގެ އެޑްވައިޒަރި ސްޓީވް ބެނަންއާ ވަރަށް ބޮޑަށް ގުޅުން އޮންނަ ބޭފުޅެއްވެސް މެ އެވެ. އޭނާ މިހާރު ވަނީ އެ އިދާރާގެ އިސް މަގާމުތަކަަށް ކުރިން ޓްރަމްޕް ސަރުކާރުގައި މަސައްކަތް ކުރެއްވި އިސް ބޭފުޅުންވެސް އައްޔަނުކޮށްފަ އެވެ.
ޔޫއެސްއޭޖީއެމްގެ އިސް ތިން އޮފިޝަލުން މަގާމުން ދުރުުކުރުމުން މެދުމިނިގެ އަދި ކޮންޒަވޭޓިވް ހިޔާލު ބޭފުޅުންގެ ފާޑުކިޔުންތައްވެސް ވަމީ އަމާޒުވެފަ އެވެ.
ފަހަކަށް އައިސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ވޮއިސް އޮފް އެމެރިކާއާ ވަަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި އެތަނަކީ ސީދާ ޗައިނާގެ ކޮޅަށް ޖެހިފައިވާ ޗެނަލްއެއް ކަަމަށްވެސް ޓްރަމްޕް ވަނީ ސިފަކުރައްވައިފަ އެެވެ.-- ބީބީސީ، ސީއެންއެން--