19 Jun 2020, 22:14
މިއަދު ރާއްޖެއިން ކޮވިޑަށް 13 މީހުން ޕޮޒިޓިވްވެ، އިތުރު 10 މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.
މިރޭ އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، ތިން ދިވެހިންނާއި 10 ބަންގްލަދޭޝް މީހުން ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާތަނަށް ޖުމްލަ 2،150 މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ، 1،769 އަށް އަރާފަ އެވެ. ފަރުވާ ދެމުންދާ ކޭސްތަކުގެ އަދަދަކީ، 371 އެވެ
މިއަދު ޖުމްލަ ނެގި ސާމްޕަލްތަކުގެ އަދަދަކީ، 1،042 އެވެ. މުޅި ޖުމްލަ މިހާތަނަށް ސާމްޕަލް ނެގި އަދަދަކީ، 39،665 އެވެ.
މިއަދު 13 މީހުން ވައިރަހަށް ޕޮޒިޓްވި އިރު، އިއްޔެ ޕޮޒިޓިވްވެފައި ވަނީ 17 މީހުންނެވެ. މިއަދު 13 މީހުން ޕޮޒިޓިވެފައި މިވަނީ ނަތީޖާ ލިބުނު 773 މީހުންގެ ސާމްޕަލްގެ ތެރެއިންނެވެ.
މިހާތަނަށް ވައިރަސް ޖެހިގެން މަރުވެފައި ވަނީ އަށް މީހުންނެވެ،