ސ. ފޭދޫ ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ބަންދުކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް މީގެ ކުރިން ވެސް އޮންނަ އެ ހަތަރު މީހުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އަދި އެ މީހުންގެ ބަންދުގެ މުއްދަތު ހަތް ދުވަހަށް ފޭދޫ މެޖިސްޓްރޭޓް ކޯޓުން އިތުރު ކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.