31 Dec 2011, 14:00
މިސީޒަނުގެ ޕްރެމިއާ ލީގު ވެސް ކާމިޔާބުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ކަމަށް އެކުލަބުގެ ކުރީގެ ތަރި ޑޭވިޑް ބެކަމް ބުނެފި އެވެ.
"މިހާރު މެންޔުނައިޓެޑް އެދަނީ ލީގުގެ ކުރިއަށް އަރަމުން. މިސީޒަނު ވެސް އެމީހުން ޕްރެމިއާ ލީގު ކާމިޔާބު ކުރާނެ. ކުރުމުގެ ފުރުސަތެއް މެންސިޓީ އަކަށް ނެތް. މެންޔުނައިޓެޑުގައި އަދިވެސް މޮޅެތި ކުޅުންތެރިން އެބަ ތިބި. އެޓީމަކީ ތަޖުރިބާގެ ގޮތުންވެސް މޮޅު ޓީމެއް." ބެކަމް ބުންޏެވެ.
މިހާރު އެމެރިކާގެ މޭޖާ ލީގް ސޮކާ އަށް ކުޅެމުންދާ ބެކަމް ވިދާލީ މެންޔުނައިޓެޑް އަށް ކުޅުނު ދުވަސްވަރެވެ. ދިހަ އަހަރު ދުވަހު މެންޔުނައިޓެޑަށް ކުޅުމަށް ފަހު ރެއާލް މެޑްރިޑަށް ބެކަމް ބަދަލުވީ ފަންސަވީސް މިލިޔަން ޕައުންޑަށެވެ. ހަތަރު އަހަރު ދުވަހު މެޑްރިޑަށް ކުޅުމަށް ފަހު ގެލެކްސީ އަށް ބެކަމް ސޮއިކުރީ އަހަރަކަށް 6.5 މިލިޔަން ޑޮލަރަށެވެ. އެކުލަބުގައި ހުރެ ދެފަހަރެއްގެ މަތިން ބެކަމް ވަނީ ލޯނުގެ ދަށުން އޭސީ މިލާނަށް ކުޅެފައެވެ.