ޗެލްސީގެ ކުރީގެ ކޯޗު ކާލޯ އެންޗެލޮޓީ ފްރާންސްގެ ޕެރިސް ސެންޓް ޖާމަންއާ ވާހަކަ ދެއްކުމަށް ފްރާންސްގައި ހުރި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

ޗެލްސީގެ ކޯޗުކަމުން ދުރުވުމަށް ފަހު، އެންޗެލޮޓީ އެއްވެސް ޓީމަކާ ހަވާލުވެފައެއް ނުވެ އެވެ. މީޑިޔާގައި ދާދި ފަހުން އެންޗޮލެޓީ ބުނެފައިވާ ގޮތުގައި ޕްރެމިއާ ލީގަށް އަދި ވެސް ކޯޗުކަން ކޮށްދޭން ބޭނުންވާ ކަމެވެ. އަދި ޓޮޓެންހަމް ހޮޓްސްޕާ އާއި އެންޗެލޮޓީ ހަވާލުވާން އުޅޭކަމުގެ ރިޕޯޓެއް ވެސް މިދިޔަ ހަފްތާގައި އާންމުވެފައިވެ އެވެ.

ޕީއެސްޖީގެ ކޯޗް އެންޓޯނޭ ކަމްބޫރޭ އަށް މިސީޒަނުގައި އެކުލަބަށް މާބޮޑު ކާމިޔާބީތަކެއް ހޯދައިދެވިފައި ނުވުމުން ވަނީ މަގާމުން ދުރުކޮށްފަ އެވެ. އެހެން ކަމުން މިދުވަސްކޮޅު މީޑިޔާގައި އެންމެ ބޮޑަށް ދެކެވޭ ވާހަކަ އަކީ ކަމްބޫރޭ އަށް ފަހު ޕީއެސްޖީ އަށް ގެންނާނެ ކޯޗަކީ ކޮބާ ކަމާއި މެދުއެވެ.

ޕީއެސްޖީ އަކީ ފައިސާގެ ގޮތުން މުއްސަނދި ކުލަބެކެވެ. އެހެން ކަމުން އަންނަ ޖެނުއަރީ ޓްރާންސްފާގައި އެންމެ ބާރަށް އަޑު އިވޭނެ އެއް ނަމަކީ ޕީއެސްޖީ ކަމާއި މެދު ޝައްކެއް ނެތެވެ. ޕީއެސްޖީ އިން ވަނީ އިޓަލީގެ ޕަލާމޯ އަށް ކުޅުނު ހާވިއާ ޕަސްތޯރޭ ވެސް ބޮޑު އަގެއްގައި ގެނެސްފަ އެވެ.