ނިޕޮން ހަތް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ލީގުގެ ޗެމްޕިއަންކަން ރެޑްލައިން ކްލަބް ރޭ ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ރެޑްލައިނުން ހޯދީ، 72 ޕޮއިންޓް 99 ޕޮއިންޓުން ހަރިކޭން ބަލިކުރުމަށްފަހު އެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ރެޑްލައިން ކުލަބަށް 18 ޕޮއިންޓް ހޯދައިދިން އަހުމަދު އަފްޝަން ރަޝާދެވެ.

ފައިނަލް މެޗަށް ފަހު ލީގުގެ ވަނަތަކަށް ހޮވުނު ފަރާތްތައް ވަނީ ހޮވައިފަ އެވެ. އެގޮތުން ވަނަ ހޯދި ކުޅުންތެރިންނަށާއި ޓީމްތަކަށް އިނާމާއި ހަނދާނީ ލިއުން ދެއްވީ މެޗުގެ ސަރަފުވެރި މެހެމާން އެސްޓީ އޯގެ ބޯޑް ޑިރެކްޓާ އަހުމަދު އާރިފެވެ.

އެގޮތުން ލީގުގެ އެއް ވަނަ ޓީމަކަށް ރެޑްލައިން ހޮވުނު އިރު، ދެ ވަނަ ލިބުނީ ހަރިކޭނަށެވެ. އަދި ލީގުގެ ތިން ވަނަ ޓީރެސް ހޯދިއިރު، ހަތަރު ވަނަ އަށް ދިޔައީ ޑީބީސީއެވެ.

މީގެއިރުން ރޭ ވަނީ ލީގުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ވެސް ހޮވައިފަ އެވެ. އެގޮތުން އެކުޅުންތެރިންނަކީ ހަރިކޭނުގެ ޕިޕްލިވިޗާއި ރެޑްލައިނުގެ އަޑެބަޔޯ އާއި ޑީބީސީގެ އެކްހަސޮމީ ކްރިސްޓަފާ އާއި ރެޑްލައިނުގެ މުހައްމަދު ޒިލާލާއި އަފްޝަން އެވެ.