18 Jun 2020, 14:04
ސްޕެއިންގެ މަޝްހޫރު އޯތޮޕީޑިކް ތަކެތި އުފައްދާ ކުންފުނި، ޕްރިމް އޯޓޮޕީޑިއާގެ އުފެއްދުންތައް ލައިފް ސަޕޯޓުން ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
ޕްރިމް އޯޓޮޕީޑިއާއަކީ ޑޮކްޓަރުންގެ އިރުޝާދުތަކާއެކު ހަށިގަނޑުގެ ހުޅުހުޅުގެ ރައްކާތެރިކަމަށާއި އެހެނިހެން ގުނަވަންތަކަށް ބޭނުންވާ އެކިއެކި އުފެއްދުންތައް ތައްޔާރުކުރާ ކުންފުންޏެކެވެ.

އާންމުކޮށް ބޭނުންކުރެވޭ އެކްޓިވޯ ސްކިން ގާޑު--
އެކުންފުނިން އުފައްދާ ތަކެތީގެ ތެރޭގައި ހުޅުހުޅުގެ ރައްކާތެރިކަމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ފައިގެ ރައްކަތެރިކަމަށާއި، އެތެރެހަށްޓަށް ލައްވާ (އިންޕްލާންޓަބަލް) ތަކެއްޗާއި، އެކިއެކި އޮޕަރޭޝަން ކުރުމަށްފަހު އަލުން ފުރިހަމަ ސިއްހަތަށް ރުޖޫއުވާން ބޭނުންވާ ވަސީލަތްތަކާއި (ރިހެބިލިޓޭޝަން)، ފިޒިއަތެރަޕީ އަދި ސްޕާ ޕްރޮޑަކްޓްތައް ހިމެނެ އެވެ.
ޕްރިމް އޯޓޮޕީޑިއާގެ ގާޑުތަކުގެ ތެރޭގައި ހަށިގަނޑުގެ އެކި ހުޅުހުޅަށް ބޭނުންކުރެވޭ ގާޑުތަކާއި، އަތުގެ އެކި ހުޅުތަކާއި ފަޔާށާއި އުނަގަނޑަށް ހާއްސަކޮށް އުފައްދާފައިވާ ހުޅުގާޑުތައް ހިމެނެ އެވެ.

ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަ ނިއޮޕްރެއާ ގާޑު--
މީގެ އިތުރުން އެ ކުންފުނީގެ އުފެއްދުންތަކުގެ ތެރޭގައި ޕްރޮސްތެސިސް އަދި ޕްރޮސްތެޓިކް އުފެއްދުންތަކާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އެކްޓިވޯ، ނިއޯޕްރެއަރ، އެއަރޓެކްސް އަދި މޮޓިއޯ ބްރޭންޑްގެ ހުޅުގާޑުތަކާއި، އާންމު ދިރިއުޅުމުގައި ބޭނުންކުރާ އެކްޓިވޯ ސްކިން ބްރޭންޑްގެ ހުޅުގާޑުގެ އިތުރުން ޔޫރަޕުގެ ގިނަ ގައުމުތަކުގައި ތަރުހީބު ބޮޑު، ކުޑަކުދިންނަށް ހާއްސަ މައިޕްރައިމް ކިޑްސް ހިމެނެ އެވެ.

ޕްރިމް އޯޓޮޕީޑިއާގެ ކުޑަކުދިންނަށް ހާއްސަ މައިޕްރޯ ކިޑްސްގެ ބައެއް އުފެއްދުންތައް--
ލައިފް ސަޕޯޓުން ބުނީ މިއުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް އެއްވެސް އުނދަގުލަކާ ނުލައި، ރައްކާތެރިކަމާއެކު ހެލިފެލިވެ އުޅެވޭނެ ކަމަށެވެ.
ޕްރިމް އޯޓޮޕީޑިއާގެ އުފެއްދުންތައް ލިބެން ހުންނާނީ މަޖީދީމަގުގައި ހުންނަ ލައިފް ސަޕޯޓް ފާމަސީ އަދި ކަނބައައިސާރަނި ހިނގުމުގައި ހުންނަ ލައިފް ސަޕޯރޓް ފާމަސީންނެވެ.