ށ. ކޮމަންޑޫ ބަނދަރުގެ ތޮށިލުމުގެ މަސައްކަތް ފަށައިފި އެވެ.

މި މައްސަކަތަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

އެމްޓީސީސީ އިން މިއަދު ބުނީ، ބަނދަރުގެ ތޮށިލުމަށް މިހާރު ކޮންކްރިޓް މަސައްކަތް ފަށައިފައިވާ ކަމަށެވެ. އެގޮތުން މިހާރު ވޯލް ބޮލޮކް ޖަހައި މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މި މަސައްކަތް ކުރުމަށް އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައި) ހުއްދަ ލިބިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި ބަނދަރުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހު ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މި މަޝްރޫއަކީ ގާތްގަނޑަކަށް 29.41 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫގެ ދަށުން 14،7000 ކިއުބިކް މީޓަރަށް ވުރެ ބޮޑުކޮށް ނެރު ފުންކުރުމާއި އާ ބަނދަރުގެ ނެރުން 35،000 ކިއުބިކް މީޓަރަށް ވުރެ ބޮޑުކޮށް ފުން ކުރަށް ވަނީ ރޭވިފަ އެވެ. އަދި 12 މީޓަރަށް ބޭރުގެ ތޮށި ޖެހުމާއި 20 މީޓަރަށް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން، 190 މީޓަރު އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރެ އެވެ. އަދި ބަނދަރު ސަރަހައްދުގައި މަގު ބައްތި ޖަހައި ޕޭމަންޓު ވެސް ހަދާނެއެވެ.