އިންޑިއާއިން ހަމަލާ ނުދީ މައިތިިރިވެ ތިބުމަށް ޗައިނާއިން ގޮވާލައިފި އެވެ.

ޗައިނާއިން އެފަދައިން ގޮވާލިއިރު ދެ ގައުމުގެ ދެމެދުގެ ބޯޑަރު ސަރަހައްދުގައި ވަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އަދި އެ ހާދިސާއާ ގުޅިގެން އިންޑިއާ ސިފައިންގެ 20 މީހުން ވަނީ މަރުވެފައެވެ. ހަމަލާތައް ބަދަލުކޮށްފައި ވަނީ އިންޑިއާގެ ލަދަކް ސަރަހައްދުގައެވެ.

ޗައިނާއިން ބުނީ ހަމަލާތައް ބަދަލުކުރަން ފެށުނީ އިންޑިއާގެ ސިފައިން ޗައިނާގެ ބޯޑަރު ސަރަހައްދަށް ވަދެ މަނާ ކަންތައްތައް ކޮށް ޗައިނާ ސިފައިންގެ މީހަކަށް ހަމަލާ ދޭން އުޅުމުން ރައްދުގައި ދިން ހަމަލާތަކުގެ ސަބަބުން ކަމަށެވެެ.

ޗައިނާއިން ބުނީ ދެގައުމުން އެއްބަސްވެފައިވާ އެއްބަސްވުންތަކާ ހިލާފަށް ޗައިނާގެ ބާރުގައި ދަށުގައި އޮންނަ ގަލްވާން ވެލީއަށް އިންޑިއާގެ ސިފައިން ވަންނަން އުޅޭ ކަމަށެވެ. އަދި މައްސަލަ ހައްލުކުރަން ސިފައިންތައް ފަހަތަށް ޖައްސައި ދެން ވާހަތައް ދެއްކުމަށް ޗައިނާއިން ވަނީ ގޮވައިލައިފައެވެ.

އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާއިން މަރުވި މީހުންގެ ތެރޭގައި އެ ގައުމުގެ ކާނަލް އަކާއި އަދި ދެ ސިފައިންގެ މީހުން ހަމަލާތަކުގައި މަރުވި ކަމަށެވެ. ދެން މެރުވަފައިވަނީ ޒަހަމްވި ސިފައިންތަކެއް މާބޮޑަށް ފިންޏަށް ބަލި ވުމުގެ ސަބަބުންނެވެ.

އޭގެ އިތުރުން 34 ސިފައިން ގެއްލިފައިވާ ކަމަށް އިންޑިއާއިން ރިޕޯޓްކޮށްފައިވެެ އެވެ.

އިންޑިއާ އަދި ޗައިނާއާ ދެމެދު 2017 ވަނަ އަހަރު ބޯޑަރު ސަރަހައްދުގައި ބޮޑު ކުރިމަތިލުމަކަށް ނުދިޔައީ ހަމަ ކިރިއާއެެވެ. ނޭޕާލް ސަރަހައްދާ ގުޅޭ ބޯޑަރު ސަަރަހައްދުގައި އެ މައްސަލަ ކުރިމަތިވުމުން ދެ ގައުމުން ފަހުން ވަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން އިންޑިއާއިން އަނެއްކާވެސް ވަނީ ބޯޑަރު ސަރަހައްދުގައި މައްސަލަ ހޫނުވެފައެވެ.

މީގެ ކުރިން 1962 ޗައިނާ އަދި އިންޑިއާއާ ދެމެދު ހަނގުރާމައެއްވެސް ކުރިއެވެެ. އަދި މިއީ އޭގެ ފަހުން އިންޑިއާގެ ސިފައިންތަކެއް އެފަދަ ކުރިމަތިލުމެއްގައި މަރުވި ފުރަތަމަ ފަހަރެވެ.

ޗައިނާގެ އިންސްޓްޓިއުޓް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް އޮފް ދަ ޝަންގްހާއި އެކެޑަމީ އޮފް ސޯޝަލް ސައިންސަސްގެ ރިސާޗަރެއް ކަމަށްވާ ހޫ ޒިޔޮންގް ވިދާޅުވީ އިންޑިއާގެ އަމަލަކީ އެގައުމުގައި މިހާރު ދިމާވެފައިވާ ކޮރޯނާ ވައިރަސްގެ ކަންތައް އިންތިހާއަށް ދިއުމުން އަމާޒުވި ފާޑުކިޔުންތަކަށް އަމާޒުވެފައިވާ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުން ކަމަށެވެ.

ޗައިނާ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ މައްސަލަ ހަނގުރާމައަށް ދިއުން ކުޑަކަމަށް ތަޖުރިބާކާރުން ބުނި ނަމަވެސް އިންޑިއާގެ އާންމުން މާބޮޑަށް އުތުރި އަރައިިފިނަމަ މުޅި މަންޒަރު ބަދަލުވެގެން ހިނގައިދާނެކަމަށް ވަނީ ބުނެފައެވެ.

އިންޑިއާ އާއި ޗައިނާއާ ދެމެދު ބޯޑަރުގެ މައްސަލަތައް ކުރިމަތިވެފައި އޮންނަތާ 60 އަށް ވުރެ ގިނަ އަހަރު ވަނީ ވެފައެވެ. ބޯޑަރުގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ކުރި ހަނގުރާމައިގައި ޗައިނާ ވަނީ މޮޅުވެފައެވެ. އަިދ 1967 އަދި 1975 ގައި ވެސް ބޯޑަރުގެ މައްސަލަ ވަަރަށް ބޮޑަށް ހޫނުވިއެވެ.-- ގްލޯބަލް ޓައިމްސް--