ރާއްޖޭގައި ކޮވިޑް19 ޖެހިފައިވާ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދު 515 އަށް ވެއްޓިއްޖެއެވެ.

އެޗްޕީއޭ އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަދު ޕޮޒިޓިވް ވެފައިވަނީ 30 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 13 ބަންގްލަދޭޝް މީހުންގެ އިތުރުން ނޭޕާލް މީހެކެވެ.

މީގެ އިތުރުން 229 މީހަކު ބަލިން ރނަގަޅުވެ، ރާއްޖެއިން ބަލިން ފަސޭހަވީ މީހުންގެ އަދަދު ވަނީ 1540 އަށް އަރައިފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން ޖުމްލަ 2065 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން ބަލި ފެނުނުތާ 100 ދުވަސް ހަމަވެފައިވާއިރު ބައްޔަށް ޓެސްޓު ކުރުމަށް މިހާތަނަށް 34،677 ސާމްޕަލް ނަގާފައިވެއެވެ.

ބަލީގައި ރާއްޖެއިން މިހާތަނަށް އަށް މީހަކު މަރުވެފައިވާއިރު އޭގެ ތެރޭ ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުންނެވެ.

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިއަދު ވަނީ ލުއިދީފައެވެ.