ހައިކޯޓްގެ ފަނޑިޔާރު އައްޝެއިޚު ޔޫސުފު ހުސައިން ސިވިލްކޯޓަށް ބަދަލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނު( ޖޭއެސްސީ)ން ނިންމި ނިންމުން އެކޮމިޝަނުން އިއްޔެ ބާތިލުކޮށްފި އެވެ.

ޖޭއެސްސީގެ ވެބްސައިޓްގައި އިއްޔެ ބުނެފައި ވަނީ ޝެއިޚު ޔޫސުފު ސިވިލްކޯޓަށް ބަދަލުކުރުމަށް އެ ކޮމިޝަނުން ނިންމީ އޭނާ އަމިއްލަފުޅަށް އެދިވަޑައިގެންނެވުމުން ކަމަށާއި އެނިންމުން ބާތިލު ކުރީ ވެސް އޭނާ އެދިވަޑައިގެންނެވުމުން ކަމަށެވެ.
ޖޭއެސްސީގެ ވެބްސައިޓްގައި ބުނެފައި ވަނީ ޝެއިޚު ޔޫސުފު އެދިވަޑައިގަތް ގޮތަށް އޭނާ ސިވިލް ކޯޓަށް ބަދަލުކުރަން ނިންމި ނިންމުން ބާތިލުކުރީ ސިވިލް ކޯޓަށް އޭނާ ބަދަލުކުރުމަށް ހަމަޖައްސަން ޖެހޭ އިދާރީ ކަންތައްތައް ހަމަނުޖައްސަނީސް އޭނާ އެދިވަޑައިގަތުމުން ކަމަށެވެ.