14:30


ގދ. ގައްދޫގައި ޕިކަޕަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނެއްގެ ފައިގެ ފަލަމަސްގަނޑުން ބިންދައިގެން ގޮސް އެކިވަރުގެ އަނިޔާ ވެއްޖެ އެވެ.


ފުލުހުން ބުނީ އިއްޔެ ހެނދުނު ހިނގި އެ ހާދިސާގައި އެރަށު އިރަމާގޭ ޢުމުރުން 40 އަހަރުގެ ހަފްސާ މުޙައްމަދުގެ ދަތްދޮޅި ފަޅައިގެން ގޮސް އެކިވަރު އަނިޔާވެފައިވާ ކަމަށެވެ. ފުލުހުން ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ގައްދޫގައި ސިފައިންގެ ހެލިކޮޕްޓަރ ކުއްލި ޙާލަތުގައި ޖައްސެމުގެ ފަރިތަކުރުމެއް ހިނގާތަނަށް ހަފްސާ ސައިކަލްގައި ކުއްޖަކު ބަލާދަނިކޮށް އެރަށު ބޮޑުމަގުން ދުއްވާފައި ދަނިކޮށް ޕިކަޕެއްގައި ޖެހި އެކްސިޑެންޓްވެގެން ކަމަށެވެ.


ހަފްސާ އަށް މިހާރު އަންނަނީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން. މި ހާދިސާގައި ސައިކަލާއި ޕިކަޕަށް ވެސް ވަނީ އެކިވަރުގެ ގެއްލުންވެފަ އެވެ.