ރާއްޖެއިން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން އިތުރު 94 މީހަކު ރަނގަޅުވެ، އެކްޓިވް ކޭސްތައް ދަށަށް ހިނގައްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަަދު ބުނީ މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 22 މީހަކު ފެނިފައިިވާ ކަަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހީންނާއި، ބަންގްލަދޭޝްގެ ނުވަ މީހަކާއި، ނޭޕާލްގެ ދެ މީހަކާއި، އިންޑިއާ މީހަކާއި ތައިލެންޑުގެ މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 2،035 އަށް އަރައިފައެވެ. އެހެން ނަމަވެސް މިއަދު 94 މީހަކު ބަލިން ރަނގަޅުވެ، ބަލިން ރަނގަަޅުވި މީހުންގެ ޖުމްލަ ވަނީ 1،311 އަށް އަރައިފައެވެ.

އެހެންކަމުން މިވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުން އަންނަނީ 714 މީހުންނެވެ. މިއަދު 22 މީހަކު ޕޮޒިޓިވްވި އިރު، މިއަދު ވަނީ 629 ސާމްޕަލް އެއް ޓެސްޓުކޮށްފައެވެ.