14 Jun 2020, 09:16
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް ހަމަލާދީފި އެވެ.
ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ފަތިހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް އެ ދެކަނބަލުންނަށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް އެ ދިން ހަމަލާގެ ތަފްސީލެއް ޑރ. ވަހީދު ވިދާޅެއް ނުވެ އެވެ.
އެ ހަމަލާ ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެ، ޑރ. ވަހީދު ވިދާޅުވީ އެ ސަރަހައްދުގައި ތިބި އެހެން މީހުންނަށް ވެސް އެ މަންޒަރު ފެންނާނެ ކަމަށެވެ.
ޑރ. ވަހީދުގެ ދެކަނބަލުންނަށް ހަމަލާދީފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެެ އެވެ.