ލޮކްޑައުންއަށް ލުއިތަކެއް ގެނައި ނަމަވެސް ބީއެމްއެލްގެ ހިދުމަތްތައް މި މަސް ނިމެންދެން ދެމުންގެންދާނީ އެޕޮއިންޓްމަންޓް ދޫކޮށްގެން ކަމަށް އެ ބޭންކުން ބުނެފި އެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުން ހާލަތަށް ޖޫން 15އިން ފެށިގެން އިތުރު ލުއިތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުން އެންމެ ބޮޑު އިސްކަމެއް ދޭނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށެވެ. އަދި މާލޭގެ ލޮކްޑައުންއަށް ލުއިތަކެއް ދިން ނަމަވެސް ބީއެމްއެލްގެ ހިދުމަތްތައް އޮންލައިންކޮށް ގޭގައި ތިބެ ލިބިގަތުމަށް އެ ބޭންކުން ބާރުއަޅަ އެވެ.

ޖޫން 15އިން ފެށިގެން މި މަސް ނިމެންދެން ބީއެމްއެލްގެ ބްރާންޗުތަކުގެ ހިދުމަތްތައް ދެމުންގެންދާނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލުތަކާ އެއްގޮތަށް، އަދި އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އަދި ބްރާންޗުތަކުން ދެމުންދާނީ އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތްތައް އެކަންޏެވެ.

މި މުއްދަތުގައި ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ.

ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލެވޭނެއެވެ. މިސާލަކަށް ހޯމަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އާދީއްތަ ވިލޭރޭ 12:00 އިން ފެށިގެން ހުޅުވާލެވޭނެ އެވެ.

ބްރާންޗްތައް ހުޅުވާލި ނަމަވެސް މީގެ ކުރިން ދެމުން އައި ބައެއް ހިދުމަތްތައް މި މުއްދަތުގެ ތެރޭގައި ދޭނީ ހަމައެކަނި އޮންލައިންކޮށް އަދި އޭޓީއެމް މެދުވެރިކޮށެވެ. އޭގެ ތެރެއިން ހަމައެކަނި އޮންލައިންކޮށް ދޭ ހިދުމަތްތަކަކީ؛

  • ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން

  • ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުން)
  • ލޯކަލް ބޭންކް ޓްރާންސްފަރ
  • މީރާ އަށް ފައިސާ ދެއްކެމުގެ ހިދުމަތް
  • ޕީއޯއެސްގެ ހިދުމަތަށް އެދި ހުށަހެޅުން

ބޭންކު ހުޅުވޭ ކޮންމެ ދުވަހެއްގައިވެސް މި ހިދުމަތްތައް ދެމުންދާނެ އެންމެ ފަހު ވަގުތުތަކުގެ ތަފްސީލް ބޭންކުގެވެބްސައިޓުން ބަލައިލެވޭނެ އެވެ.

ހަމައެކަނި އޭޓީއެމްއިން ދޭ ހިދުމަތްތަކަކީ؛

  • ނަގުދު ފައިސާ ޖަމާކުރުން

    • ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ
    • އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ
  • ޗެކު ޖަމާޖުރުން

އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ބީއެމްއެލް އަދި އެހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ވަގުތުތައް މިލިންކުންލިބޭނެ އެވެ.

އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ބްރާންޗް އަދި ސަރވިސް ސެންޓަރތަކުން ދެމުންދާނެ ހިދުމަތްތަކުގެ ތަފްސީލު ބީއެމްއެލްގެވެބްސައިޓުންބަލައިލެވޭނެ އެވެ.