11 Jun 2020, 16:00
ކޮރޯނާ ވައިރަސްއާ ގުޅިގެން ޑިޒްނީގެ ތީމް ޕާކްތައް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށް ފަހު ބައެއް ތަންތަން އަލުން ހުޅުވާލަން ނިންމައިފި އެވެ.
އެގޮތުން އެމެރިކާގެ ކެލެފޯނިއާގައި ހުންނަ ޑިޒްނީ ލޭންޑާއި ޑިޒްނީ އެޑްވެންޗާ ޕާކު އަންނަ މަހު 17 ވަނަ ދުވަހު ހުޅުވަން މިހާރު ވަނީ ނިންމައިފަ އެވެ. އަދި ސަރުކާރާއި ސްޓޭޓްގެ ހުއްދަތައް ލިބިއްޖެނަމަ ޑިޒްނީގެ ގްރޭންޑް ކެލިފޯނިއަން ހޮޓެލް އެންޑް ސްޕާގެ އިތުރުން ޑިޒްނީގެ ޕެރެޑައިސް ޕިއާ ހޮޓެލްވެސް އަންނަ މަހު 23 ވަނަ ދުވަހު ހުޅުވަން ވަނީ ނިންމައިފަ އެވެ.
ތީމް ޕާކްތައް ހުޅުވާލަން ނިންމި ނަމަވެސް އެތަންތަނުގައި ޕެރޭޑްތަކާއި ރޭގަނޑު ބާއްވާ ބައެއް ހަރަކާތްތައް އަދި ނުފަށަން ވަނީ ނިންމައިފަ އެވެެ.
އޭގެ އިތުުރުން ޑިޒްނީގެ ކާޓޫނެ ކެރެކްޓާތަކުގައި ފެންނަ ޝަހުސިއްޔަތުތަކަށް ހެދިގެން އެގޮތަށް ހެދުން އަޅައިގެން ތިބޭ މީހުންނާ ކައިރިވެ ނެހެދޭނެ އެވެ.
ތީމް ޕާކްތައް ހުޅުވަން ނިންމާފައިވަނީ ސިއްހީ ގޮތުން ރައްކާތެރިވުމަށް ވަރަށް ގިނަ ފިޔަވަޅުތަކާއެކުގަ އެވެ. އެގޮތުން އެތަންތަނުގައި އިޖުތިމާއީ ގައިދުރުވެވޭ ގޮތަށް ހެދުމުގެ އިތުރުން މުވައްޒަފުންނާއި އެތަނަށް ޒިޔާރަތްކުރާ މީހުން މާސްކު އަޅަން ޖެހެ އެވެެ.
ތީމް ޕާކްތަކަށް ދެން ވައްދާނީވެސް ފިނިހޫނުމިން ބެލުމަށްފަހު އެވެެ.
އުތުރު އެމެރިކާއާއި ޔޫރަޕާއި އަދި އޭޝިއާ ހިމެނޭ ގޮތަށް ޑިޒްނީގެ 12 ޕާކެއް ހުރެެ އެވެ. ޑިޒްނީއިން ބުނީ ކޮރޯނާވައިރަހާ ގުޅިގެން ނިމިގެން ދިޔަ ކުއާޓާގައި ޑިޒްނީގެ ފައިދާގެ 58 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.