އެެމެރިކާގެ ފުލުހެއްގެ އަނިޔާވެރިކަމުން މަރުވި ޖޯޖް ފްލޮއިޑްގެ ހަ އަހަރުގެ ދަރިފުޅަށް ޔުނިވާސިޓީއަކުން ކިޔެވުމުގެ ފުރުސަތު ދީފިއެވެ.

އެމެރިކާގެ ޓެކްސަސްގެ ސަދާން ޔުނިވާސިޓީގެ ބޯޑުން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ ޖޯޖްގެ ދަރިފުޅު ޖިއާނާއަށް ފުލް ސްކޮލަޝިޕްއެއް ދޭން މިހާރު ނިންމާފައިވާ ކަމަށެވެ.

"ޖިއާނާ މި ޔުނިވާސިޓީގަިއ ކިޔަވަން ބޭނުން ނަމަ މި ޔުނިވާސިޓީގައި އޭނާއަށް ޖާގައެއް ބާއްވާނެ،" ޔުނިވާސިޓީން ބުންޏެވެ.

ފްލޮއިޑް އުފަންވީ ނޮތު ކެރޮލައިނާއަށް ނަމަވެސް އުޅެ ބޮޑުވީ ހިއުސްޓަންގައެވެެ. އަދި ހައި ސްކޫލް ނިންމީ ޖެކް ޔޭޓްސް ހައި ސްކޫލުންނެވެ.

ނަމަވެސް ފަހުން ޖޯޖް ވަނީ މިނިއާޕޮލިސްއަށް ބަދަލުވެފަ އެވެ. އޭނާ މަރުވީ މިދިޔަ މަހު 25 ވަނަ ދުވަހު އެވެ.

ފްލޮއިޑްގެ ގާތް ރަހުމަތްތެރި އެންބީއޭއަށް ކުޅޭ ސްޓެފަން ޖެކްސަން ދާދި ފަހުން ވަނީ ފްލޮއިޑްގެ ދަރިފުޅު ޖިއާނާގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެެވެ.

"އަހަރެންގެ ބައްޕަ ވަނީ މުޅި ދުނިޔެ ބަދަލުކޮށްލާފައި،" ޖިއާނާ އެ ވީޑިއޯގައި ބުނެފައިވެ އެވެެ.

ޖޯޖްގެ ޖަނާޒާ އިއްޔެ ހިއުސްޓަންގައި ވަނީ ބާއްވައިފަ އެވެެ. އެ ޖަނާޒާގައި އާއިލާގެ މީހުންނާއި އަދި ފުލުހުންގެ އަނިޔާވެރިކަމުގައި މަރުވި އެކި އެކި މީހުންގެ އާއިލާގެ މީހުންވެސް ބައިވެރިވިއެވެ.

ފްލޮއިޑް ވަޅުލާފައި ވަނީ އޭނާގެ މަންމައާ ޖެހިގެންނެވެ.

"ޖޯޖްގެ އާއިލާއިން އަބަދުވެސް އޭނާގެ ހަނދާން އާކުރާނެ. އެހެން ނަމަވެސް ޖޯޖްގެ ކަރުން އަނިޔާވެރިކަން އެންމެ ރަނގަޅަށް އެންމެ ރަނގަޅަށް ވެސް އެނގޭނެ މުޅި ގައުމުގެ އެންމެނަށްވެސް،" ޖޯޖްގެ ޖަނާޒާގައި ބައިވެރިވި އަލް ޝަރަޕްޓަން ބުންޏެވެ.

ފްލޮއިޑް މަރުވީ އޭނާ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހަކު އެތައް އިރެއް ވަންދެއް ފްލޮއިޑްގެ ކަރަށް ފައިން އަރައިގެން ހުރުމުން ނޭވާ ހާސްވެގެންނެވެެ.

އެމެރިކާގެ މިނިއާޕޮލިސްގައި ހިނގި އެ ހާދިސާއާ ގުޅިގެން އެކަމުގައި ޝާމިލްވި ހަތަރު ފުލުހަކު މަގާމުން ވަކިކޮށްފައިވާ އެ ހަތަރު މީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެެ. - ސީއެންއެން--