މާލެ އަތޮޅު އަނަންތަރާ ރިސޯޓު ކައިރިއަށް ތިން މީހުންނާއެކު ސުނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަން ފެށި ދިވެހި މީހާ އޮޔާ ދަނިކޮށް ފެނިއްޖެ އެވެ.

މާފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ނަޝީދު ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ އެރަށު އަބުދުއް ރަޝީދު 39، އަހަރު ފެނުނީ އެ ރަށާ ތިން މޭލު ބޭރުން ކަމަށެވެ. ކައުންސިލަރު ވިދާޅުވީ އަބުދުއް ރަޝީދު ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އެހާ ގިނަ އިރު ކަނޑުމަތީގައި އޮއްވާ ފެނުމުން ޑޮކްޓަރަށް ދެއްކުމަށް މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ކޯސްޓްގާޑާއި ފުލުހުންގެ އިތުރުން މާފުށީ ރައްޔިތުން ނުކުމެ އަބުދުއް ރަޝީދު ހޯދަން ފެށީ އޭނާއާއެކު ސްނޯކްލިން އަށް ދިޔަ ތިން މީހުންނަށް އަބުދުއް ރަޝީދު ގެއްލުމާ ގުޅިގެން ނެވެ. އެމީހުން ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު މެންދުރު 12:00 ޖެހިއިރު އެވެ.