11 Jun 2020, 09:08
ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތަލައިވީ" އޮންލައިންކޮށް ރިލީޒްކުރާ ކަމަށް ދެކެވުނު ވާހަކަތައް ފިލްމު ކްރިޓިކް ތަރަން އަދާޝް ދޮގުކޮށްފި އެވެ.
މި ފިލްމު މި މަހުގެ 26 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ހަމަޖެހުނު ނަމަވެސް އިންޑިއާ ލޮކްޑައުންކުރުމާ އެކު ފިލްމު އެޅުވޭ ގޮތެއް ނުވެ އެވެ. އަދި މި ފިލްމުގެ ބައެއް މުހިއްމު މަންޒަރުތައް ވެސް ޝޫޓްކޮށެއް ނުނިމެ އެވެ. ކްރިޓީކް ތަރަން ބުނީ މި ފިލްމު އޮންލައިންކޮށް ފަހުން ރިލީޒްކުރާނެ ކަމަށާއި ނަމަވެސް އޮންލައިކޮށް ރިލީޒްކުރުމާ މެދު ވިސްނުމެއް ވެސް ގެންގުޅޭނީ މި ފިލްމު ސިނަމާތަކުގައި ދެއްކުމަށްފަހު ކަމަށެވެ.
އެ ފިލްމަކީ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގައި ޖޭ ޖަޔާލަލީތާ އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައިދޭނެ އެވެ. އެ ފިލްމު ހިންދީ ބަހުންނާއި ތަމިލް ބަހުން ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ.