11 Jun 2020, 08:57
މިދިޔަ އޭޕްރިލް މަހު ރިލީޒްކުރަން ނިންމި ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ނެޓްފްލިކްސް އިން ސްޓްރީމްކުރާ ގޮތަށް ނިންމައިފި އެވެ.
ޒުވާން ބަތަލާ ޖާންވީ ކަޕޫރު ލީޑު ރޯލު ކުޅޭ އެ ފިލްމް ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާންކޮށްފައެއްނުވެ އެވެ. މި ފިލްމުގެ ޓީޒާ ޓްރެއިލާ އެއް ވެސް މިހާރުވަނީ އާންމުކޮށްފަ އެވެ. އިންޑިއާގެ އެއާފޯސްގެ ފުރަތަމަ އަންހެން ޕައިލެޓް ގުންޖަން ސަކްސޭނާގެ ވާހަކަ ކިޔައިދޭ ބަޔޮޕިކްގެ ލީޑު ރޯލުން ފެނިގެންދާނީ ފިލްމު ދަޅަކް އިން ބޮލީވުޑަށް ނުކުތް ޖާންވީ ކަޕޫރެވެ. އޭނާ އަކޯ ސްރީދޭވީ އާ ބޯނީ ކަޕޫރުގެ ދަރިފުޅެވެ.
ޝަރަން ޝަރްމާ ޑައިރެކްޓްކުރާ އެ ފިލްމު ހެދީ ހަތް މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.