"ކޮވިޑް-19 އާ ގުޅިގެން ވަޒީފާގެ ހާލަތަށް
ބަދަލުއައިސްފައިވާ ފަރާތްތަކުން، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހީން ބާރުވެރިކުރުވަން ގޮވާލައި ހުށަހަޅުއްވާފައިވާ ޕެޓިޝަން" ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަށް އާންމުން ހިޔާލު ހުށަހަޅަން ހުޅުވާލައިފިއެވެ.

އެ ޕެޓިޝަން މިހާރު މަޖިލީހުގެ ޕެޓިޝަން ކޮމިޓީން އަންނަނީ ދިރާސާކުރަމުންނެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޕެޓިޝަނަށް، އާންމުންގެ ހިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން މި ޕެޓިޝަނަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް ވާނަމަ، މި މަހުގެ 23 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ކޮމިޓީގެ އީ-މެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައި ދިނުމަށް އެދޭކަމަށެވެ.