10 Jun 2020, 16:18
މޯލްޑިވިއަން އިން ސްރީލަންކާ އަށް ކުރަން އުޅުނު ދަތުރު ފަސްކޮށްފި އެވެ.
މޯލްޑިވިއަން އިން މިއަދު ބުނީ ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން އަނބުރާ ގެނައުމަށް އަންނަ ހުކުރު ދުވަހު ބާއްވަން އުޅުނު ރެޕެޓްރިއޭޝަން ދަތުރު ފަސްކޮށްފައިވާ ކަމަށެވެ.
ފްލައިޓު ދެން ބާއްވާނެ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުންޏެވެ.
ސްރީލަންކާގައި ތިިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުން މީހުންނަށް ހާއްސަ ފްލައިޓެއް މީގެ ކުރިން ވެސް މޯލްޑިވިއަން އިން ބޭއްވި އެވެ.
މީގެ އިތުރުން އެގައުމުގައި ތިބި ދިވެހިންނަށް ހާއްސަކޮށްގެން ސްރީލަންކަން އިންވެސް ވަނީ ފްލައިޓެއް ބާއްވައިފަ އެވެ. އެ ފްލައިޓުގައި 263 މީހަކު މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ.
މިމަހުގެ 15 އަދި 17 ވަނަ ދުވަހު މެލޭޝިއާ އަށް ހާއްސަ ދަތުރުތަކެއް ބާއްވަންވެސް މޯލްޑިވިއަން އިން ވަނީ ނިންމައިފަ އެވެ.
ލަންކާ އާއި މެލޭޝިއާގައި ވަނީ ކޮވިޑް19 ފެތުރުން ކޮންޓްރޯލުކޮށް، އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްފަ އެވެ.