10 Jun 2020, 13:30
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބޮޑު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ކުރަނީ އެމްޓީސީސީ އިންނެވެ.
އެމްޓީސީސީ އިން ބުނީ ރީޖަނަލް ހޮސްޕިޓަލް ބޮޑު ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ވޯޑް ބްލޮކެއް އަޅާނެ ކަމަށެވެ. އަދި ވޯކްވޭ އެއް ގާއިމް ކުރުމާއި އޯޕީޑީ ސަރަހައްދު މަރާމާތުކޮށް ލެބް އޭރިއާ މަރާމާތު ކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށެވެ.
އެ ހޮސްޕިޓަލުގައި އަޅަނީ 30 އެނދުގެ ޖާގައިގެ ވޯޑެކެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. މި މަސައްކަތަށް 30.3 މިލިއަންް ރުފިޔާ ހަރަދު ކުރާނެއެވެ.