ޖޯޖް ފްލޮއިޑް މަރާލި ހާދިސާގެ ކުރިން ވެސް އެމެރިކާގެ ފުލުހުން އެ ގައުމުގެ ކަޅު ނަސްލުގެ މީހަކު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ނޭވާ ނުލެވިގެން މަރުވިކަން ހާމަަވެެއްޖެ އެވެ.

އެ ހާދިސާ ހިނގައިފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.

މިދިޔަ ހޯމަ ދުވަހު އެމެރިކާގެ އޮސްޓިންގެ ޕޮލިސް ޑިޕާޓްމަންޓްއިން އާންމުކުރި ވީޑިއޯއެއްގައި ޖެވިއާ އެމްބާ ކިޔާ މީހަކު ހައްޔަރުކުރަން އުޅޭ މަންޒަރު ފެނެއެވެ.

އެ ވީޑިއޯގައި ދެ ފުލުހަކު އެމްބާ ހައްޔަރުކުރަން އުޅޭއިރު، ފްލޮއިޑް ފަދައިން އޭނާވެސް "އަހަންނަަކަށް ނޭވާއެއް ނުލެެވޭ" ބުނާ އަޑު އިވެ އެވެެ.

އޮސްޓަންގެ ޓީވީ ސްޓޭޝަނުން ބުނީ ވީޑިއޯއަށް އެދިގެން އުޅޭތާ މިހާރު އެތައް ދުވަހެއް ވެސް ވެއްޖެ ކަަމަށެވެެ.

"އަހަރެންގެ ހިތުގެ މައްސަލަވެސް ހުރޭ" އެމްވާ އިތުރަށް ބުނާއަޑުވެސް ވީޑިއޯގައި އިވެ އެވެ.

އެމްބާގެ އަތުގައި ބިޑިއެޅުވިތާ 30 ސިކުންތު ނުވަނީސް އޭނާ ހަރަކާތް ނުކުރާތީ އިމެޖެންސީ ސާވިސާސްއަސް ގުޅައި އޭނާއަށް ސީޕީއާރު ދޭތަންވެސް ވީޑިއޯއިން ފެނެ އެވެ.

އެމްބާގެ މަރުގެ ރިޕޯޓްގައިވެސް ބުނީ އެމްބާ މަރުވީ ހިތުގެ މައްސަލަ ހުރުމާއި އޭނާ ހައްޔަރުކުރުމުގެ ތެރޭގައި މާބޮޑަށް ބާރުގެ ބޭނުން ކުމުގެ ސަބަބުން ކަމަށެވެެ.

ފުލުހުން އެމްބާ ހައްޔަރުކުރަން އުޅުނީ އޮސްޓިންގެ ޓްރެވިސް ކައުންޓީގަ އެވެ. އެމްބާ ކާރުގައި ދަނިކޮށް ހުއްޓުވަން ފުލުހުން 22 މިނެޓް ވަންދަން މަސައްކަތް ކުރި އެވެެ. އެ ކާރު ހުއްޓުނީވެސް އެންމެ ފަހުން އެއްޗެއްގައި ޖެހިގެންނެވެ.

އެމްބާ ބިންމައްޗަށް ތިރިވަން އެންގުމުންވެސް އޭނާ އެގޮތަށް އަމަލުނުކުރުމުން ފުލުހުން ވަނީ ޓޭޒާވެސް ބޭނުންކޮށްފަ އެވެ. އެމްބާ މަރުވީ އޭނާ ބިޑި އަޅުވަން އުޅުމުގެ ތެރޭގައި މާބޮޑަށް ބާރުގެ ބޭނުންކުރުމުން ނޭވާ ހާސްވެގެންނެވެ.

ޓްރެވިސް ކައުންޓީގެ ޑިސްޓްރިކްޓް އެޓާނީއިން ބުނެފައި ވަނީ އެ ހާދިސާ ތަހުގީގްކުރަން ފުލުހުންގެ އެއްބާރުލުން ނުލިބޭ ކަމަށެވެ. --ސީއެންއެން---