10 Jun 2020, 00:34
ކ. ދިއްފުށީގެ ގެއަކުން ކެނަބިސް ގަހެއް ކަމަށް ބެލެވޭ ގަހެއް ފެނިއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ ދިއްފުށީން ކެނަބިސް ކަމަށް ބެލެވޭ ގަހެއް ކަމަށް ބެލެވޭ ގަހެއް އެރަށުގެ ގެއެއްގައި ހުރި ކަމަށް ރަށު ކައުންސިލުން މިއަދު ހެނދުނު ފުލުހަށް ހުށަހާޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން ފުލުހުން އެ ރަށަށް ގޮސް މިއަދު ހަވީރު 16:00 ހާއިރު ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ގަސް ހުރި ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ.
އަދި އަދި އެތަން ބަލައި ފާސްކުރުމަށްފަހު ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި ތަހުގީގު ކުރުމަށް މިހާރު ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.