09 Jun 2020, 22:04
މިއަދު ރާއްޖެ އިން ކޮވިޑް19 އަށް ޕޮޒިޓިވް ވީ 26 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ ވަނީ 1942 އަށް އަރައިފައެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ބަންގްލަދޭޝްގެ ނުވަ މީހުން ކަމަށެވެ.
މިއަދު ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން 70 ކޮންޓެކްޓުން ފަހަގަ ވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުންޏެވެ.
ރާއްޖެއިން މިހާތަނަށް 1010 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާރު ބަލީގައި ފަރުވާ ދެމުންދަނީ 922 މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ބަލީގައި މިހާތަނަށް އަށް މީހުން މަރުވެފައިވާއިރު އޭގެ ތެރޭ ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުންނެވެ.
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ބަންގްލަދޭޝްގެ 1027 މީހުންނަށް ބަލިޖެހިފައިވާއިރު ބަލިޖެހިފައިވާ ދިވެހިންގެ އަދަދަކީ 665 އެވެ. އިންޑިއާގެ 190 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރުނޭޕާލްގެ 24 މީހުން އިޓަލީގެ 11 މީހުން އަދި ސްރީލަންކާގެ 10 މީހުންނާއި ޕާކިސްތާނުގެ ތިން މީހަކު އަދި އެހެން ގައުމުތަކުގެ ފަސް މީހަކު ރާއްޖޭގައި ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.
ކޮވިޑަށް ޓެސްޓު ކުރުމަސް މިހާތަނަށް 31،697 ސާމްޕަލް ނަގާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކައެވެ.