11 Jun 2020, 08:24
"މިކަން ހުއްޓާލާފައި އާލިޔާ އޭނަގެ ފެމިލީ ގާތަށް ފޮނުވައިލަން މަށަށް ފެންނަނީ...."މާޒިން ސީރިޔަސްވިއެވެ.
"އެއީ ކީއްވެތަ؟ " އަރްސަން އެހިއެވެ.
"އިޓްސް ނޮޓް ވޯތް ދޯ. ކޮންމެހެން އާލިޔާ ޗޭންޖުކުރާށޭ ކިޔާފައި އާލިޔާއާއި ގުޅެން ޖެހޭނެތަ؟އެއީ ހިތަށް އަރާ އެއްޗަކީ...." މާޒިން ބުނެލިއެވެ.
"ޒިން. އަހަރެން ބުނާގޮތަށް ހަދާނީ. އައި ނީޑް ހާ...ސޯ މަ ބުނާގޮތަށް ހަދާ.." އަރްސަންގެ އަޑުގައި ހަރުކަށިކަމެއް ވިއެވެ. " އާލިޔާ ފޮނުވާނެކަމެއްނެތް. އިހަށް މިތާ ބަހައްޓާ..."
އަރްސަންގެ ނިންމުން ބަލައިގަންނަން އުދަގޫވިޔަސް އޭނައަށް އިހުތިރާމް ކުރަންވެގެން އެކަމާ ދެކޮޅު ނަހަދާ މާޒިން އުޅުނީ ނިކަން ހަމަޖެހިލައިގެންނެވެ. ލަންޑަނަށް ދިޔުމަށްފަހު ނައިޓްކްލަބަށާއި ތަންތަނަށް ގިނައިން ދަނީ އާލިޔާ އެކަނި ކޮށްލާފައެވެ. އަރްސަންއާއި މާޒިން އެކުވެރިންނާއެކު މަޖާކުރުމުގައެވެ. އާލިޔާ މާޒިންއާއި ސުވާލުކުރުމުން ބުނީ އަދި ރަށަށް ދާ ދުވަސް ނުޖެހޭކަމުގައެވެ. އެމީހުންގެ ވިޔަފާރި ދަތުރެއްކަމަށާއި ކެތްކުރަން އެންގިއެވެ. އާލިޔާ އެއިން ކޮންމެ ފަހަރަކު ކެތްކޮށްލައިގެން ހިނިތުންވެލައިގެން ހުރިއިރު ފަހުން ދިމާވާން އޮތީ ކޮންފަދަ ކެތްތެރިވާން ޖެހޭ ހިތާމަވެރި ހާދިސާއެއް ކަމެއް އެނގޭނީ ކިހިނެއް ހެއްޔެވެ؟ މާޒިންގެ ހިތް އަތުލައިގަންނާނެ ފަަދަ އުކުޅުތައް ދަސްކުރަން އާލިޔާ ގޫގުލް ކުރިއެވެ. ކިތަންމެ ރީތިކޮށް ނަލަ ހެދިލައިގެން ސެންޓު ޖަހައިގެން މޭކަޕްކޮށްގެން ހުއްޓަސް މާޒިންއަށް އޭނަގެ ރީތިކަންވެސް ނުފެންނަ ފަދައެވެ. އާލިޔާ އަޖައިބުވަނީ އެކޮޓަރިއަށް ވަދެފައި އޭނަ ކިތަންމެ ރީތިވެގެން ހުއްޓަސް ބުނަން ޖެހޭ އެއްޗެއް ބުނެފައި ދެވަނަ ފަހަރަކު ބަލައިލަން ނޫޅެ ހިނގައިދާތީއެވެ.
***
މާޒިންއާއި އަރްސަން ބޭރަށް ދާން ނުކުތްއިރު އާލިޔާ ބަގީޗާތެރޭގައި ފިނިފެންމާތައް ބިންނަން އުޅެއެވެ. އާލިޔާ މާޒިންގެ އަތަށް ފިނިފެންމަލެއް ދިއްކޮށްލިއެވެ.
"ތެންކިއު.."
މާޒިން އެހެން ބުނި އަޑު އަހަން ދުރުގައި ހުރެފައި އަރްސަން ލޮލަށް ގޮތެއް ހަދައިލިއެވެ. އާލިޔާ މާޒިންގެ ލޯބި ހޯދަން ބޭކާރު ކަންތައްކުރަނީ ކަމުގައި އޭނާ ދެކުނެވެ. "އިޓްސް އިމްޕޮސިބްލް"
"ކޮންތާކަށް ތިދަނީ؟ " މާޒިން މަލުގައި ހިފުމުން އާލިޔާ އަހާލައިފިއެވެ.
"ހަމަ ބޭރަށް ދަނީ.." މާޒިން ފަސްޖެހިލާފައި ބުނެލިއެވެ."ކިހިނެއްވީ؟ އާލިޔާވެސް ދާން ބޭނުމީ؟ "
"އަހަރެމެން މިދަނީ ނައިޓްކްލަބަށް ކުޑަކޮށް ލަސްވެދާނެ. ދޮރު ތަޅުލައިގެން ހުންނައްޗޭ........."އަރްސަން ފާޑަކަށް ހީލިއެވެ. އާލިޔާ ލޯ ބޮޑުކޮށްފައި މާޒިންއަށް ބަލައިލުމުން އޭނާ ނުދެނެހުރިކަމަށް ހަދާފައި ދުރަށް ބަލަންފެށިއެވެ.
"ނައިޓްކްލަބް؟ އެކަހަލަ ތަންތަނަށް ދިޔުމަކީ ހަރާމްކަމެއްކަން ނޭގޭތަ؟ މާޒިން ނުދޭ..."
"ޝްޝްޝް.. މިގަޑީގައި އާލިޔާގެ ލެކްޗާތައް އަޑުއަހާ ހިތެއްނުވޭ..." މާޒިން އާލިޔާގެ މޫނު ފޮތިކޮޅުމަތިން އަނގައިގާ އިނގިލި ޖައްސާލާފައި ދާން ހިނގައިގަތެވެ.
"ހެޔޮނުވާނެ އެކަހަލަ ތަަންތަނަށް ދާކަށް ނުވާނެ. އެއީ މުސްލިމުން ދާން ޖެހޭ ތަނެއްނޫން. މާލޭގައި އުޅުނުއިރު ނަމާދުކޮށްފައި ކިހާ ރަގަޅަށް އުޅުނީ. މިހާރު ހަދާން ނެތުނީތަ؟ މާތްﷲގެ ރުއްސެވުން ހޯދުމަށްޓަކާ ހުރިހާ ފާފަތަކާއި ދުރުވާންޖެހޭނެ. އެތަންތާ ހަތަރުފާރުން އެތެރޭ ހިނގާ ކަންތައްތައް ޔަގީނުންވެސް ހުއްދަވެގެން ނުވާނެ..މަންޒިލެއް މަގުސޫދެއް ނެތް މަގުމަތީ ލާހޫރޭ މީހުން ގިނަފަހަރު އެތަންތަނަށް ގޮސް ބޮއިގެން އުޅޭނީ މާޒިން. ޑޯންޓް ގޯ....." އާލިޔާ އާދޭސްކުރާ ފާޑަކަށް ބުނަމުން މާޒިންގެ އަތުގައި ހިފިއެވެ.
"އަހރެމެން ދަނީ ލަންޑަނުގެ ރިޗް ކިޑްސް އިން ދާ ކޫލް ނައިޓް ކްލަބަކަށޭ. ސެލެބްރިޓީއިންވެސް އެތަނަށް ދޭ. އެކަނި މަސްތުވެގެން ނަށަން ދާ ތަނެއްވެސް ނޫން. ކުޅިވަރުތައްވެސް ކުޅޭ. ޕާޓީވެސް ކުރޭ. އަހަރެމެންނަކީ އެތާ މެމްބަރުން ސޯ ދިޔުމަކުން އަދި މައްސަލައެއްނެތްތާ. ނައިޓްކްލަބަށް މުސްލިމުންވެސް ދޭ....."
އާލިޔާގެ އާދޭސްތަކަށް ބީރުކަންފަތެއް ދީފައި މާޒިން އަރްސަންއާއެކު ދިޔައެވެ. މާޒިން މަޖާކުރަން އިރުކޮޅަކު ހުރެފައި މިކަމުން ލިބެނީ ކޮން އުފަލެއްހެއްޔޭ ހިތަށް އެރިއެވެ. ބޭކާރުކޮށް އަންހެނުންނާ ފިރިހެނުން މަސްހުނިވެ ނަށާލާފައި މަސްތުވުމުން ލިބެނީ ހަގީގީ އުފަލެއްހެއްޔޭ އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. އަނދިރި ކަނެއްގައި އެމަންޒަރުތައް ދެކެން އިރުގަނޑެއްވާންދެން ހުރިއިރު މޭނުބައި ކުރާގޮތްވިއެވެ. އަޑުގަދަކަމުން ކަންފަތަށް އުދަގޫވާގޮތްވިއެވެ. ހާސްވާގޮތްވެގެން އޭނަ އަވަހަށް ނުކުތީ ތާޒާ ވައިކޮޅެއް ހޯދާލުމަށެވެ. އަރްސަންއަށް މާޒިން ނުކުމެގެންދާ ތަން ފެނިގެން ފަހަތުން އައެވެ. އޭރު މާޒިން ހޮޑުލަނީއެވެ.
"ކިހިނެއްވީ ޒިން...އާ ޔޫ އޯކޭ؟ "
"އައިމް ނޮޓް ފީލިން ވެލް...."
"އޯކޭ ހިނގާ ދަމާ.." އަރްސަން ހީކުރީ ޝަރުބަތު ބުއިމުން މާޒިންއަށް ގޮތެއްވީ ކަމަށެވެ. އެރޭ ގެއަށް ނުދާން ނިންމައިގެން ހުރެފައިވެސް ޚިޔާލުބަދަލުކޮށްލަން މަޖުބޫރުވީ ކޮއްކޮގެ ހައްގުގައެވެ. މާޒިން ބަލިކޮށް އުޅެނިކޮށް ގެއަށް ލާފައި އަންނާކަށްވެސް ހިތްހަމައެއް ނުޖެހުނެވެ. ގެއަށް އައިސް ދޮރު ކައިރިއަށް ހުއްޓުނުވަގުތު ވަރަށް ރީތިކޮށް އާލިޔާ ގުރުއާން ކިޔަވާ އަޑުއިވިފައި އެންމެ ކުރިން މާޒިންވެސް ހީކުރީ ޗެނެލްއަކުން ރާގީއަކު ކިޔަވާ އަޑުކަމުގައެވެ. ނަމަވެސް އާލިޔާގެ އަޑުވުމުން ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ނިކަން ސިއްރުން ދޮރު ކައިރީގައި ހުރި ބެންޗެއްގައި އިށީދެލިއެވެ. އާލިޔާގެ ރާގުގައި ހުރިގޮތުން މާޒިންގެ ހިތަށް ގޮތެއްވިއެވެ. މާތްﷲގެ ކަލާމްފުޅު އިވުމުން ލޮލުން ކަރުނަ ފާއްދާލައިފިއެވެ. އެފަދަ ގޮތެއް ވެދާނެކަމަށް އޭނަ ހީކޮށްފައެއްވެސް ނެތެވެ. ހަމައެކަނި މާޒިންއަކަށް ނޫނެވެ. ޔަގީނުންވެސް ދެމީހުންނަށްވެސް ގުރުއާން އަޑުއިވުމުން ބަޔާން ނުކުރެވޭފަދަ އަސަރުތަކެއް ކުރުވައިފިއެވެ. އާލިޔާގެ އަޑުގެ ޖާދޫއަށްވުރެ އެ ބަސްތަކުން ކުރި އިހުސާސްކަން ޔަގީނެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވުމުން އާލިޔާ އެކަނިވެރިކަން ފިލުވައިލަން ބާރު ބާރަށް ގުރުއާން ކިޔަވަން އިންއިރު އެހެން ބަޔަކު އަޑުއަހަން ތިބެދާނެކަމަކަށް ހިޔެއް ނުކުރެއެވެ.
ވަކި ހިސާބަކުން އާލިޔާއަށްވެސް ރޮވުނެވެ. ކުރިއަށް ގެންދަން އުދަގޫވެގެން ހުއްޓާލާފައި އަނެއްކާ ފެށިއެވެ.
ވިއްސަކަށް މިނިޓްފަހުން އާލިޔާގެ ކިޔެވުން ހުއްޓުނެވެ.
އާލިޔާގެ ހިލަމެއް ނުވެ އިރުކޮޅެއްފަހުން މާޒިން ދޮރު ހުޅުވައިލިއިރު އާލިޔާ ފެންނާކަށް ނެތެވެ.
"މަންމަ ބުނި ސިހުރުގެ ކަންތައްވެސް ދީނީ މީހުންގެ އޮވެއޭ. ކިހިނެއް މި މީހުން ސިހުރު ހަދަނީ؟ މަންމަ ބުނި ގުރުއާން ކިޔަވާފައިވެސް ބޭނުންވާކަންތައް ކުރެއޭ..."
"އެއީ ރުގުޔާ ކުރުން. ދެޓްސް ޑިފެރެންޓް" މާޒިން ސޯފާއަށް ވެއްޓިގަތެވެ.
"ދެން ސިހުރަކީ ކޯންޗެއްތަ؟ "
"ސިހުރުވެރިން ޖިންނިންގެ އެހީ ހޯދައިގެން މީހުންނަށް ދުއްތުރާކޮށް މަރާ އެކަހަލަ ކަންތައް ކުރެޔޯ. އެހާ ބޮޑަށް ނޭގޭ" މަޒިން ނިތްކުރީގެ ދެފަރާތުގައި އިނގިލިތައް އަޅާ އޮބައިލިއެވެ.
"ޖިންނިންނާއި ޝައިތާނުންނާއި ގޯސްޓް އެއްޗެއްސަކީ އިންސާނާގެ މައިންޑްގައި ކްރިއޭޓް ކުރާ ޚިޔާލީ އެއްޗިސް. އަހަރެން އެވާހަކަތައް ގަބޫލެއް ނުކުރަން." އަރްސަން ފާޅުގައި ބުނެލިއެވެ. މާޒިން ބުނެދިނީ ގުރުއާނުގައި ޖިންނި ސޫރަތެއްވާކަމުގައެވެ. އެހެންވީމަ ޖިންނީންނަށް އީމާންވާން ޖެހޭނެކަމުގައެވެ. ލޮލަށް ނުފެންނަ އެއްޗެއްސަށް އީމާންވާން މުސްލިމުންނަށް ޖެހޭ ކަމުގައި އޭނަ ހަދާންކޮށްދިނެވެ. މަލާއިކަތުންވެސް ލޮލަށް ނުފެނޭ ނޫންހެއްޔެވެ؟ އެންމެ ކުޑަވެގެން އަހަރެމެންގެ ހަންގަނޑަކީ ގެ ކަމަށް ހަދައިގެން ބިލިއަނުން ދިރިއުޅޭ ޖަރާސީމުތައްވެސް ހަމަ ލޮލަކަށް ނުފެނެއެވެ. ކަރަންޓާއި އެންޓިމެޓާ ވައި ގްރެވިޓީ އެޓޮމްސް ޑާކް މެޓާ އަދި ކާއިނާތުވެސް ވާކަން އެނގޭއިރު ހަމަ ލޮލަށް ފެނޭހެއްޔެވެ؟ ކާއިނާތުގެ ކުޑަ މިންވަރެއް އަދި ދުރުމީތަކުން ބަލައިލެވުނަސް އެއްކޮށް ލޮލަށް ފެންނަނީއެއް ނޫނެވެ. ކާއިނާތުގައި ހިމެނޭ މަޑިކިލަބުތަކާއި ދަރުބު ގުރަހަތަައް ވެސް ހަމަ ލޮލަކަށް ނުފެނެއެވެ. ޖިންނިންނަކީވެސް އެފަދަ ނުފެންނަ ގިންތީގައި ހިމެނޭ އެއްޗެކެވެ. ދުނިޔޭގައި ތަފާތު ވައްތަރުގެ ގިނަގުނަ ދިރޭ އެއްޗެއް ލައްވާފައިވާއިރު ޖިންނިން އުޅޭކަމަށް ގަބޫލުނުކުރަންވީ ކީއްވެހެއްޔެވެ. އެކަމަށް އިންކާރު ކުރާ މީހުން ފުންކޮށް ވިސްނަން ޖެހޭނެއެވެ.
މާޒިންގެ ވާހަކަތައް އަހަން އަރްސަން އިނީ ޝައުގާއެކުގައެވެ.
"ދެޓް މޭކްސް ސެންސް..."އަރްސަން ވިސްނުމެއްގައި އިންފަދަ ގޮތަކަށް އިރުކޮޅެއްވާންދެން އިނެވެ. ދެން މާޒިން ދައްކަން ފެށީ ގުރުއާންގެ އަޑު އިވުމުން މިރޭ ހިތަށް ގޮތެއް ވެއްޖެ ވާހަކައެވެ.
"އަލިޔާއަށްޓަކާވެސް ހިތުގައި ސޮފްޓް ސްޕޮޓެއް ؟ " އަރްސަން އެހިއެވެ.
"ނޫން. އަދި ގުރުއާންގެ އަޑު އިވުނީމަ އާލިޔާއަށް ހިތުން ޖާގައެއް ދެވުނީކީ ނޫން. ފިރިހެން ގާރީއިންވެސް ކިޔަވާއިރު އަޑުއެހުމުން އެހެން ކަހަލަ އިހުސާސެއް މިހާރު ކުރެވޭ. ސަބަބަކީ ގޯޑްގެ ވޯޑްސްވީމަ..." މާޒިން އޮޅުވައިލަންވެގެން މިފަހަރު ހެދީ ދޮގެކެވެ. ސަބަބަކީ ގުރުއާން އަޑުއެހުމުން ހިތް ހަމަޖެހުމެއް ލިބުނަސް އަދި މިފަދަ ގޮތަކަށް ގައިން ހީބިހިނަގާ ފެންކަޅިވީ އަލަށެވެ. ކޮންމެހެން އާލިޔާ ކިޔެވީމައެއް ނޫނެވެ. ގުރުއާން އިވުމުން ކަން އޭނައަށް ޔަގީނެވެ. އެވާހަކަ އަރްސަން ގާތު ބުންޏަސް ޔަގީންކުރާނީ އާލިޔާއަށް ހިތް ކީ ކަމުގައެވެ.
ދެމީހުން އެރޭ ދީނާއި ބެހޭގޮތުން ވާހަކަދެއްކިއިރު އަރްސަން އޭނައާއި ރާހިލް ރުޅިވާން ޖެހުނީވެސް ދީނީ މައްސަލައެއްގައި ކަމުގައި ބުނެ އޭރު އޭނަ އަކީ އެތީސްޓެއްކަމަށް އެއްބަސްވިއެވެ. މާޒިންއާއި އަރްސަން ވަރަށް ގިނައިރުވާންދެން އެބަހުސްުގައި ތިއްބެވެ. ބިގްބޭންގް ނުވަތަ ބޮޑު ގޮވުމުގެ ތިއަރީއާއި ބެހޭގޮތުން ވާހަކަދެކެވުނެވެ. ނަމަވެސް އަރްސަން އިސްލާމްދީން ޚިޔާރުކުރުވަން ދައްކާނެ މާ ގިނަ ވާހަކަތަކެއް މާޒިންއަކަށް ނޭގުނެވެ. އެހާ އިލްމުނެތީއެވެ. އެކަމަކު އަރްސަން އެންމެ ކުޑަވެގެން ކަލަކު ވޮޑިގެންވާ ކަން ގަބޫލުކުރާތީ މާޒިން އުފާވިއެވެ.
***
ހެނދުނު މާޒިންއާއި އަރްސަން ބޭރަށް ގޮސްފައި އައިއިރު އާލިޔާ ހުރީ ކާން ހަދާފައެވެ. ބިރިޔާނީއަކާއި ފިހެފައި ހުރި ކުކުޅެވެ. ސެލެޑާއިއެކު އެކިވައްތަރުގެ ބެރީސްތަކުން ޖޫހެއް ގިރާފައެވެ.
"އަދި ބްލޫބެރީ ޗީޒް ކޭކެއްވެސް އެޅިން. އެކަމަކު ކޭކް ވަރަށް ކުޑަ..."
"އައްޗި. ދެން ތިއޮތް މިލަ އަތުން ކެއްކީމަ އަހަންނަކަށް ނުވެސް ކެވޭނެ.." އަރްސަން ޖޯކުޖެހިއެވެ.
"ހަހަ އެހެން ކިޔާފައި އާލިޔާ ގިރާ ކޮފީވެސް އެންމެ މީރުވެގެން އުޅޭނީ އަދި ހަމަ ތިއްތިއޭ..." މާޒިން ކުކުޅު ފަޔެއް އަނގައިގާ ޖަހައިލަމުން އާލިޔާގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލިއެވެ. " ހަމަ ފަސްޓް ކްލާސް. އެހާވެސް ޓޭސްޓީ...."
"އޯ......ވީއިރު އާލިޔާ ދޮގުހެދީ. އައިމް ޝުއާ މިއީ ހަމަ ކޭއެފްސީ ކުކުޅުކަން. އެހެންވީމަ މަ ވެސް ކާނަން....ކޭއެފްސީ ކުކުޅު ދެން ވޯލްޑް ކްލާސް." އަރްސަންވެސް ކާން އިށީނެވެ. އާލިޔާ ހިނި އަންނަގޮތްވިއެވެ. އަރްސަން އުޅޭގޮތުން ރުޅިއަންނަ ކޮންމެ ވަގުތެއްގައި އެއީ މާޒިންގެ ބޭބެކަމަށްވާތީ އޭނައަށް އިހުތިރާމް ކުރުމުގެ ގޮތުން ރުޅިފިނިކުރަން ޟަމީރު ހަދާންކޮށްދެއެވެ. އާއިލާގެ މީހަކު ދެކެ ހިތުގައި ރުޅިވެރިކަމެއް ބޭއްވުމުގެ މާނައެއް ނެތެވެ. ހަމައެކަނި މާޒިންގެ ބޭބެއެއް ނޫނެވެ. މިންކާގެ ލޯބިވާ އަރްސަންއެވެ. މިންކާއާއި އަރްސަން ގުޅިއްޖެއްޔާ އަނެއް ފަޅިންވެސް ޅިޔަނަކަށްވީއެވެ.
ކައި ނިމުމަށްފަހު ކޮފީ ބޮމުން ދެމީހުން ބޭރަށް ދިޔަގޮތަށް މާޒިން ފްރިޖްގައި އޮތް ކޭކު މަތިން ހަނދާން ނެތުނެވެ. އާލިޔާ އެދުނީ ބަނޑުހައިވީމަ ފްރޮސްޓީގެ ބަދަލުގައި ބަދަލަކަށް ކޭކު ކާލުމަށެވެ. ޗީޒްކޭކުވެސް މީރުވާނެކަމުގައެވެ. ފަހުން ކޭކު ކާން ބެލިއިރު އަރްސަން ކޭކު ކައި ހުސްކޮށްލިކަން އެނގުމުން އޭނާ ހިތްހަމަ ނުޖެހޭގޮތްވިއެވެ. އެހާވަރުން އާލިޔާ އޭނައަށް ތައްޔާރުކުރި އެއްޗެއް އަރްސަން ކައިގެން ނުވާނެއެވެ. މީހަކު ޗީޒްކޭކު ކައިގެން ފޫހިވާވަރަށް އަރްސަން ހުންނަނީ އެކައިގެން ނޫންހެއްޔެވެ. އޭނަ ބޭރަށް ނުކުތްއިރު އަރްސަން ފެންޑާގައި ހުރި ސޯފާއެއްގައި ފޯނާއި ކުޅެން އޮތެވެ. މާޒިން ފެނުމުން އަވަހަށް ފޮރުވިގޮތުން އޭނަ ކުރާކަމެއް ބަލައިލާހިތްވެސް ވިއެވެ. ކަމެއް ސިއްރުކުރަނީކަން އެނގުނެވެ.
"ޔޫ އޭޓް މައި ކޭކް......"
"ޔޫ ކެން އީޓް އިޓް ވެން އައި ޕޫޕް...." އަރްސަން އަނގަޔަށް ގޮތެއް ހަދައިލިއެވެ.
"މަޖަލެއް ނޫނޭ" މާޒިން ހަށަން ބަދެލިއެވެ.
"ސްޓުޕިޑް...އާލިޔާ އޭރު ބުނި ޖުމްލައިން އެއްޗެއް ވިސްނުނުތަ؟ ފްރޮސްޓީގެ ބަދަލުގައި ޗީޒް ކޭކު ކާން ފަށާށޭ. އެވެސް މީރުވާނެއޭ. މީރާއާއެކު ފްރޮސްޓީ ކާތީ އެހެން އެބުނީ. މިހާރު އޭނަ ކައިރިއަށޭ އަންނަންވީ..." އަރްސަންގެ ޖުމްލައިން މާޒިން ގެ ހުނުން ހިފަހައްޓައެއް ނުލެވުނެވެ.
"އިނޮސެންޓްކޮށް ހުއްޓަސް ނުސީދާކޮށް ސެޑިއުސްކުރަނީ....ވަރެއްގެ ކުއްޖެއް ދޯ. އެކަމަކު ޒިން މޮޔަކަމުން އެބުނާ އެއްޗެހި ބޮލަކަށް ނުވަދޭ......."
"އެހެންވެތަ ކޭކު ކައިލީ؟ ތިކަން އާލިޔާއަށް އެނގިއްޖެއްޔާ ދެންވާނީ ކިހިނެއްތަ؟ "
"ހޫމް އޭރުން ބިރުގަންނާނެ. ބިރުވެރި މެސެޖެއް އޭނައަށް އެދިނީ..." އަރްސަން އެއްލޯ މަރައިލިއެވެ.
***
އާލިޔާ އަބަދު ނަމާދުކޮށް ތަސްބީހަ ކިޔާ އުޅޭ މަންޒަރު ފެންނަން ފެށުމުން މާޒިންގެ ހިތް އެކަމަށް ލެނބެންފެށީ އަޖައިބުވާހާ އަވަހަށެވެ. ކުރިންވެސް އޭނަ ނަމާދުކޮށް އުޅުނެވެ. މިހާރު އެއަށްވުރެ ފަރުވާތެރިވެ ގުރުއާންގެ އާޔަތްތަކުގެ މާނަ ބެލެން ފެށުމުން އަޖައިބުވެ ހައިރާންވާފަދަ އާޔަތްތައް ފެންނަންފެށިއެވެ. ޚާއްސަކޮށް އާލިޔާ ޕޭޖަށް ލާ އާޔަތްތައް ފެނި ސީދާ އޭނައާއި މުޚާތަބުކުރެވޭފަދަ އިހުސާސެއް ކުރެވެއެވެ. މާތްﷲގެ ކަލާމްފުޅު އަޑުއެހުމުގެ ޝައުގު ހިތުގައި އުފެދި އެކަމަށް ވަގުތު ދެވެންފެށިއެވެ.
"ޓައިމް އިޒް ކްރިއޭޓެޑް ބައި އޯލްމައިޓީ. އެހެންވީމަ ވަގުތަކީ ވަރަށް އަގުހުރި އެއްޗެއް ބޭކާރުގޮތުގައި ހަޔާތުގެ އެންމެ ސިކުންތުކޮޅެއްވެސް ނަގާނުލާ. އަދި ޓައިމް ކްރިއޭޓް ކުރި ފަރާތަށް ވަގުތު ދީ........." އާލިޔާގެ ޕޭޖުގައި އޮތެވެ.
ދިރިހުރުމާއި މަރުވުމާއި ދޭތެރޭ ވިސްނާލަން އެ ޖުމްލަ ވީ ލޯ ހުޅުވާލަދިން އެއްޗަކަށެވެ.
އެރޭ މާޒިން ބޭރަށް ދަމުން އާލިޔާ ގާތު ބުނެލަން އެކޮޓަރިއަށް ވަނެވެ. ބޭރަށް ދާ ވާހަކަ ބުނުމުން ސިކުންތުކޮޅެއްގެ ތެރޭ އާލިޔާގެ ލޯ ކަރުނުން ބަންޑުންވިއެވެ. އޭނާ ހައިރާންވިއެވެ. އެވަރުގެ ކަމަކާ ރޮވެންވީ ކީއްވެހެއްޔެވެ. ފުރަތަމަ ފަހަރަށް ކޮޓަރީގައި ރޯކޮށްފައި ހުރި ރަތް ކުލައިގެ އުއްބައްތިތަކާއި މީރުވަސް ފާހަގަވިއެވެ.
"ސްޓޮޕް ޑުއިން ދެޓް ޓު މީ.." މާޒިން ހިތްހަމަނުޖެހޭގޮތްވިއެވެ." އަހަރެން އަންއީޒީ ފީލް ކުރުވަން...."
"އެހެނެއްނޫން.."
"ދެން ކީއްވެތަ؟ "
"ޖަސްޓް...."
މާޒިން ފުރަތަމަ ފަހަރަށް އާލިޔާގެ ލޮލަށް ނަޒަރު ހުއްޓައިލީ ތަންކޮޅެއް ފަރުވާތެރިކަމާއެކު ދެނެގަންނަން އުޅޭފަދަ ގޮތަކަށެވެ.އާލިޔާގެ ޝުއޫރުތައް ދަސްކުރަން މަސައްކަތްކުރާ ފަދައިންނެވެ. ކޮޓަރިއަށް ވެރިވެފައިވާ ރީދޫ އަލި އެ އަޅި ދެލޮލަށް އެޅިފައިވާއިރު ބޮޑެތި ކަރުނަ ތިކިތަކުގެ ވިދުމާއި ބޯ އެސްފިޔަތަކުގެ ތެރެއިން ފެންނަލެއް ވަރަށް ރީއްޗެވެ. އާ ހެދުމެއް ލައިގެން ކުޑަކޮށް މޭކަޕްކޮށްލައިގެން އިންކަން ފާހަގަވީވެސް ކައިރިއަށް އައުމުންނެވެ. މޭކަޕްކޮށް ރީތިވަނީ އޭނައަށްޓަކާކަން ފުރަތަމަ ފަހަރަށް އިހުސާސްކުރެވުނެވެ.
"ބީ އެ ގުޑް ގާލް. އަހަރެން ލަހެއްނުވާނެ..ގުރުއާން ބާރަށް ކިޔެވީމަ ސްޓްރެސް ފިލާނެ. ޑޯންޓް ކްރައި. ތީ ފިނޑިކުއްޖެއް ނޫނެއްނު...."
އާލިޔާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މާޒިންގެ އެވަރުގެ ޖުމްލައަކުންވެސް ހުރިހާ ހިތާމަތައް ފިލައިފިއެވެ. ތެދެކެވެ. މާތްﷲއަށްޓަކާ ފިރިމީހާދެކެ ލޯބިވާ ކުއްޖެއްވިއްޔާ އަޖުރަ އެދޭނީ ހެއްދެވި ފަރާތުންނެވެ. ފިރިމީހާގެ ފަރާތުން ނޫނެވެ. އެކަން ހަދާން ނެތުނީއެވެ.
މާޒިން އެސްފިޔަވެސް ޖަހާނުލާ ބަލަން ހުރިގޮތުން އާލިޔާ ލަދުން މަރުވާވަރުވިއެވެ. އޭނާ އާލިޔާގެ ކޮލުގައި އަތް ޖައްސާލުމުން އަތްތިލައިގާ ހޫނު ކަރުނަތިކިތައް ހޭކުނެވެ. ގަތްލަދުން ރަޖާއިން އަތާއި ތަންތަން ފޮރުވަން ހަދައިގެން ރަޖާއާއެކު ގޮސް ގުޅައަކަށް އެނދުމައްޗަށް ޖެހުނެވެ. އާލިޔާ ރަޖާއިން މޫނުވެސް ފޮރުވިއެވެ.
"ވީލް ބީ ބެކް ސޫން..." މާޒިން އެހެން ބުނެފަ ދާން ހިނގައިގަތެވެ.
"ޑޯންޓް އެޓޭޗް ޔޯ ސެލްފް ޓު އެ ޕާސަން ޓު ދަ ޕޮއިންޓް ވެއާ ޔޯ ސްޓްރެންތް އެންޑް ޖޯ އިޒް ޑިޕެންޑެންޓް އޮން ދެމް. ޔޫ މޭ ލޫޒް ދެމް އެޓް އެނީ މޯމެންޓް ވެދާ އިޓް ބީ ތްރޫ ޑެޓް ސެޕެރޭޝަން އޯ އެ ސިމްޕަލް ޑިސްޕިއުޓް. އެޓޭޗް ޔޫ ސެލްފް ޓު ޔޯ ލޯޑް އެންޑް އެލޯ ޔޯ ސްޓެރެންތު އެންޑް ޖޯއި ޓު ބީ ރޫޓެޑް އިންޓު ޔޯ ޑިޕެންޑެންސް އޮން ފެއިތް. ބިލްޑް ޔޯ އީމާން ވެލް ވޯކް ހާޑް އޮން އިޓް އެންޑް ބީ ކޮންސިސްޓެންޓް ބިކޯޒް ވީ އޯލް ނޯ ހައު އީޒީ އިޓް އިޒް ފޯ އިޓް ޓު ބީ ޑެމޭޖްޑް ބައި ސިނިން. އެޓޭޗް ޔޯސެލްފް ޓު ގުރުއާން. ދަ ވޯޑްސް އޮފް ޔޯ ލޯޑް ވިލް ނެވާ ލީވް ޔޫ އެންޑް ވިލް ނެވާ ލެޓް ޔޫ ޑައުން. އިންޑީޑްވީ ބިލޯންގް ޓު ﷲ އެންޑް އަންޓު ހިމް ވީ ޝެލް ރިޓާން"
އާލިޔާ އެ ބަސްތަކުން ހިތްވަރު ހޯދަމުން ހިނިތުންވެލިއެވެ. ހިތާމަވެރި އިހުސާސްތައް ފަނޑުވެގެން ދަނީ ދިރިހުރުމާއި މަރުވުމާއި އޭނަގެ ހުރިހާ ކަމެއްގެ ވެރިފަރާތަކީ ހެއްދެވި ފަރާތްކަން ހަދާންކޮށްދިނެވެ. ހަޔާތުގެ ހުރިހާކަމެއް އެފަރާތުން ލިޔުއްވާފައިވާނީ އެންމެ ރަގަޅަށެވެ. ލޯގަނޑުން މޫނަށް ބަލާލާފައި މާޒިން އަތް ޖައްސައިލި ތަނުގައި ފިރުމައިލިއެވެ. އަދިވެސް ނޭފަތުގައި ހަރުލާފައި ހުރީ މާޒިންގެ ސެންޓުގެ ލުއި ވަހެވެ.
***
އާލިޔާ ސްޓްރޯބެރީ ގަސްތަކަށް ފެންދޭން ފިޔާތޮށިކުލައިގެ ކުރައެއް ހިފައިގެން އުޅުނެވެ. ގަސްތަކުގެ ތެރެއަށް ވަން ތަނާ އާދައިގެ މަތިން އަވަށްޓެރިޔާ މިސިޒް ލިންޑާއާއި ދިމާވެ ކޮންމެވެސް ވަރަކަށް ވާހަކަދެއްކިއެވެ. ލިންޑާއަކީ މާމަގެ އުމުރުގެ މީހެކެވެ. ހުދުކަފަކޮޅެއްފަދަ އިސްތަށިގަނޑު ކޮށާލާފައި އޮންނަނީ ކުއީން އެލިޒަބަތް ސްޓައިލަށެވެ. އެއުމުރުގެ އިނގިރޭސިން އަޅާފަދަ ހެދުމުގައި ހުންނައިރު ނަލަ މާމައެކެވެ. ބޮޑު ދެލޮލެވެ. އޭނާ އާލިޔާއާއި ދީނާއި ބެހޭގޮތުން ސުވާލުތައް ކޮށް ހަދައެވެ. އާލިޔާ ދައުވަތުދީގެން މިސިޒް ލިންޑާ އޭނަގެ ޕޭޖަށް ލައިކްކޮށް ކޮމެންޓްވެސް ކޮށް ހަދައެވެ. ލިންޑާގެ ދެދަރިން މީހުންނާ އިނދެގެން އެހެން ސިޓީތަކުގައި އުޅޭއިރު ފިރިމީހާ ވީ ނާސިން ހޯމެއްގައެވެ. އަލްޒައިމާގެ ސަބަބުން ފިރިމީހާ ރަގަޅަށް ނުބެލުނީއެވެ. އާލިޔާ އޭނަގެ މާމަގެ ވާހަކަތައްވެސް ހިއްސާކުރިއެވެ. އެގޮތަށް ދިމާވެ ވާހަކަދައްކަމުންގޮސް އާލިޔާއާއި ލިންޑާގެ ގުޅުމެއް އުފެދުނެވެ. އާލިޔާގެ މަގުސަދަކީ ލިންޑާއަށް އިސްލާމް ދީން ދަސްކޮށްދިނުމެވެ. ޓްރިނިޓީގައި ހުރި ހަމަނުޖެހޭ ކަން ބުނެދިނުމެވެ.
އަރްސަންއާއި މާޒިން ބޭރަށް ދާ ކޮންމެ ފަހަރަކު ލިންޑާ އާއި އާލިޔާ ބައްދަލުކުރެއެވެ. ގިނަވަގުތު ދެކެވެނީ ދީނީ ވާހަކަތަކެވެ.
***
ހޫނު މޫސުމްގެ ހިތްގައިމު ދުވަހެކެވެ. އެގޭ އެއް ފަރާތުގައި ހުންނަ ބިޔަ ޗެރީގަހުގައި ރަތްކުލައިގެ ޗެރީތައް އަޅާ ބަރާވެފައެވެ. ދޮންވެ ފައްކާވެފައި ހުރިއިރު ފެހި ފަތްތަކުގެ ތެރެއިން ފެންނަލެއް ނިކަން ހިތްގައިމެވެ. މާޒިން ހަރުގަނޑަކުން ގަހަށް އަރާ ވަށިގަނޑެއްގެ ފުރެންދެން ޗެެރީ ބިނދެލާފައި ތިރީގައި ބެހެއްޓިއެވެ. އަދި ގަހުގައި ބުރަކަށި ޖައްސާލައިގެން އިނދެ ފޯނު ހުޅުވާލިއެވެ. ބަލަންފެށީ އާލިޔާގެ ފޮޓޯތަކާއި ވީޑިއޯތަކެވެ. މީރާ ފިޔަވާ އެހެން އަންހެންކުއްޖެއްގެ ފޮޓޯތަކަށް މިހާ ޝައުގުވެރިކަމާއެކު ބެލޭ ފުރަތަމަ ފަހަރެވެ. ޒޫމްކޮށްފައިވެސް ބެލުނެވެ. މީރާއާއި އަޅާކިޔުނެވެ. އާލިޔާގެ ބުޅި އިސްތަށިގަނޑާއި ލޮލުގެ ތަފާތުކަމާއި ރީތިކަމަށް ހިތް ތައުރީފުކުރިއެވެ.
"ޕްރިޓީ..." މާޒިން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ބަގީޗާގެ ވިނަގަނޑުމަތީ ބޯދަށަށް އަތް ލައްވައިގެން އޮށޯވެލާ ދެލޯ މަރައިލިގޮތަށް އެކި ކަހަލަ ޚިޔާލުތަކުގައި ބަދެވުނެވެ. އާލިޔާ އެތަނަށް އައިކަމެއްވެސް ނޭގުނެވެ. އާލިޔާވެސް އޭނަގެ ފޯނުން ފޮޓޯނެގިއެވެ. މާޒިން ހީވަނީ ހަމަ މޮޑެލް ޕޯސްއެއްގައި އޮތްހެންނެވެ. ލޯ ހުޅުވާލައިގެން އޮތްނަމަ ވަކިން ރީތިވީހެވެ. އާލިޔާ ޔަގީންކުރީ މާޒިން އޮތީ ނިދާފައި ކަމުގައެވެ. ކައިރީގައި އިށީދެފައި މަޑުމަޑުން އިސްތަށިގަނޑާއި ކުޅެލިއެވެ.
ކުއްލިއަކަށް މާޒިން އާލިޔާގެ ދެއަތުގައި ހިފައިލިއެވެ.
"ވައްކަން ކުރަނިކޮށް ބަސްޓްވީ. ހޭލާ އޮތްވާ އެކަހަލަ ކަމެއްކޮށްލާކަށް ނުކެރޭ ދޯ.." މާޒިންއަށް ވާހަކަދެއްކުނީ ބޭނުންނުވާހާ ގާތް އަދި ސަމާސާ އެކުލެވިފައިވާ ގޮތަކަށެވެ.
އަރްސަންގެ ކާރު އަޑުވިފައި އާލިޔާ އަވަސްއަވަހަށް ދުއްވައިގަތީ ބިރެއް ފެނުނު ފަދައިންނެވެ. ނަސީބަކުން ނުފެނި ގަސްތަކާއި ނިވާވަމުންގޮސް ގެއަށް ވަދެވުނެވެ. މާޒިންއަށް އޮވެވުނީ އެދިމާލަށް ބަލަހައްޓައިގެންނެވެ.
"ކިހިނެއް މިހާރު ޕްލޭން މިކުރަނީ؟ "
"ނޭގޭ..." މާޒިން އަވަހަށް ބުނެލިއެވެ.
"ވަރަށް ވިސްނައިފިން. އެކަމަކު އާލިޔާއާއި އެއްވެސް ގުޅުމެއް އޮންނާކަށް ބޭނުމެއްނުވޭ. އަދާއާއި ހަމަޔަށް އަންނަން އަދި އާލިޔާ ޔޫޒް ކުރަން އުޅުނަސް އެހެންވާން ނެތް ސަބަބަކީ މިންކާ އަހަންނާއިހެދި މޮޔަބޮޑުވެގެން ފަހަތުން ނުނެއްޓިގެން އުޅޭތީ. މިންކާއާއި އާލިޔާ ސިބްލިންގްސްކަން އެނގުނު ހިސާބުން ހަގީގަތުގައި އާލިއާއާއި އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއްނުވި. އެކުއްޖާ ޒިންއާއި ހެދި އުޅޭކަން އުޅޭހާ ގޮތަކުން އެބަ އެނގޭ ސޯ ބޭނުމެއްނޫން ލަވްބާޑްސްގެ ދޭތެރެއަށް ވަންނަން. ޒިން ހަމަ އޭނާއަށް ހިތް ކިޔަންފެށީ ދޯ..."
"ނޭގޭ އެއެއް ބުނާކަށް. މައިންޑަށް ގިނަ ގިނައިން އެކުއްޖާ ވެރިކަން ކުރަން ފަށައިފި..." މާޒިން އެއްބަސްވިއެވެ.
އަރްސަން ބުމަ ކައިރިކޮށްފައި އެއްޗެކޭ ބުނަން އުޅެފައިވެސް ޚިޔާލު ބަދަލުވިއެވެ. ލޯތްބަކީ ތަފާތު ޖަޒުބާތެކެވެ. އޭނައަށް އެ ރީތި ޖަޒުބާތުތައް ތަޖުރިބާކޮށްލުމުގެ ނަސީބެއް އަދި ނުލިބުނީއެވެ. އޭނަގެ މަންމައާއި ބައްޕަ އެކަކު އަނެކަކު ދެކެ އެވީ ފަދަ ސާފު ހަގީގީ ލޯތްބެއްވެ ބޮޑު އާއިލާއެއް އުފައްދާ އެކީ އުޅުމުގެ ފުރުސަތެއް އަދި ނެތެވެ. އޭނާދެކެ ލޯބިވާކަމަށް ދައުވާ ކުރާ މިންކާއާއި ކައިވެނިކުރަންވީހެއްޔެވެ؟ އެކަމަކު އޭނާގެ ހިތުގައި މިންކާއަށް އެފަދަ އިޝްގީ ލޯތްބެއްނެތެވެ. އޭނާގެ ހިތަކީ ލޯބި ލައްވާފައި ނުވާ ހިތަކީހެއްޔެވެ؟ އެހެންވެއްޖެއްޔާ ދުވަހަކު އަންހެންކުއްޖަކު ދެކެ ލޯތްބެއް ނުވެވޭނެއެވެ. އޭނަ އަދާ ދެކެ ވީ ހަގީގީ ލޯބިކަމުގައި އެކުވެރިންވެސް އަދި އާއިލާއިންވެސް ގަބޫލެއް ނުކުރެއެވެ. މިންކާ ފުލުފުލުގައި އެކުރާ އަސަރުގަދަ މެސެޖްތަކުން އޭނާގެ ބޯ ފަޅައިގެންދާވަރުވެއެވެ. އަދާމެންފަދަ ރީތި އިސްކޮޅެއް ނެތަސް ތަންކޮޅެއް "ޗަބީ"ކޮށް ހުއްޓަސް މިންކާ ހުންނަނީ ހަމަ ނިކަން ލޯބިކޮށެވެ. ބުޅި އިސްތަށިގަނޑުވެސް މެރީޑާފަދައެވެ. ލޯބީގެ ފޮނިކަން ހިތުގައި ލައްވާފައި ނެތިއްޔާ އެހުސްކަން ފުރައިލަދޭން އެނގޭނީ އޭނަދެކެ ލޯބިވާ މިންކާއަށް ކަން ނޭގެއެވެ. މިންކާގެ ހިތް ދުވަހަކު ބަދަލެއްނުވާނެކަން ޔަގީނެވެ. އެހާ ބޮޑަށް ދީވާނާވެފައެވެ. މިންކާގެ ދުނިޔެއަކީ އޭނާއެވެ. އެކުއްޖާ އޭނާއަށްޓަކާ ފުރާނަވެސް ދީފާނެއެވެ.
***
އަރްސަންއާއި މާޒިން އަދި އާލިޔާ އެނބުރި ގައުމަށް އައީ މައްސަރެއްހާ ދުވަސްވާންދެން ޔޫކޭގައި އުޅެލާފައެވެ. ރަށަށް އާދެވުމުން ލިބުނު އެންމެ ބޮޑު އުފަލަކީ މާމާ އަދި އާއިލާ މީހުންނާއި ބައްދަލުވުމެވެ. އަލިޔާ ފޭބީ އަމިއްލަ ގެއަށެވެ. މާމަގެ ބަލި އިތުރަށް ގޯސްވެފައިވާކަން ފުރަތަމަ ނަޒަރުންވެސް އޭނާ ދެނެގަތެވެ. އޭނާ ފެނުމުން ހީހީފައި ރޮއިފާ އުޅުނުގޮތުން ކޮންމެވެސް ވަރަކަށް އޭނާ އެނގުނީކަމާއި ދުރުގައި ހުރެފައި އައީކަން މާމައަށް ފަހުމްވީކަން އެނގުނެވެ. އާލިޔާގެ ލޮލަށްވެސް ކަރުނަ އައެވެ. ޔޫކޭގައި ކިތަންމެ ރީތި ތަންތާ އުޅެ މީރުކޮށް ކައިގެން އަރާމުކޮށް އުޅެލެވުނަސް އަމިއްލަ ގެއަށް އާދެވުމުން އެލިބޭ ހިތްހަމަޖެހުން ބުނެދޭކަށްވެސް ނޭގުނެވެ.
މާޒިންގެ ފޯނެއް އައުމުން އާލިޔާގެ ހިތް އަވަސްވިއެވެ. ސަލާމް ގޮވާލުމުން މާޒިން ސަލާމްގެ ޖަވާބު ދިނެވެ.
"އެބަ އަންނަން މިރޭ....މަންމަ ބޭނުމީ އާލިޔާ މިގޭގައި ހުންނަން.." މާޒިން ބުނެލިއެވެ.
އާލިޔާ ސިހޭގޮތްވިއެވެ.
"އަރްސަން އުޅޭނެއްނު..."
"އާލިޔާ. މައްސަރެއްވާންދެން އަހަންނާއި އަރްސަންއާއެކު އުޅުނީ؟ އޭނާ އެއްވެސް ގޯނާއެއް ކުރިތަ؟ ބަލާ ދާނަން އެރައުންޑް ޓެން. ދެމީހުން ތިކަމާ ވާހަކަ ދައްކާނީ......"
"އޯކޭ.." އާލިޔާ އެއްބަސްވިއެވެ.
ނުނިމޭ