29 Dec 2011, 13:20
މާލެ އަތޮޅު އަނަންތަރާ ރިސޯޓު ކައިރިއަށް ތިން މީހުންނާއެކު ސުނޯކްލިން އަށް ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން ހޯދަންފަށައިފި އެވެ.
ކޯސްޓުގާޑުން ބުނީ އަނަންތަރާ ރިސޯޓު ކައިރިއަށް ސްނޯލްކްލިން އަށް ގޮސް އުޅުނިކޮށް ގެއްލިގެން ހޯދަނީ ކ.މާފުށީ އަބުދުއްރަޝީދު 39، އަހަރު ކަމަށެވެ. އަދި އޭނާ ގެއްލިގެން ރިޕޯޓް ކުރީ މިއަދު މެންދުރު 12:00 ޖަހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އަބުދުއްރަޝީދު ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންގެ އިތުރުން މާފުށީ ކައުންސިލުން ވެސް އަންނަނީ ކުރަމުން ނެވެ.