29 Dec 2011, 13:08
ތިނަދޫ ބަނދަރުގައި އޮތް މަސްދޯންޏެއްގެ ތެރޭ ހުރި މީހަކު މަސްތުވާތަކެއްޗާއެއްކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ އިއްޔެ ކަމަށާއި އެ މީހާގެ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ވަރަށް ގިނަ ތަކެތި ފެނިފައިވާ ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
ސަން އޮންލައިނަށް އަށް އެނގިފައިވާ ގޮތުގައި މަސް ދޯނީގެ ފާޚާނާއެއްގެ ތެރޭ މަސްތުވާތަކެތި ބޭނުންކުރަން ހުއްޓައި ހައްޔަރު ކުރި މީހަކީ އެ ދޯނީގެ ޑައިވަރެވެ.
ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކަކާއެކު މިއަހަރުގެ ޖޫން މަހުތެރޭ ވެސް ތިން މީހަކު ތިނަދޫން ވަނީ ހައްޔަރު ކުރި އެވެ.