08 Jun 2020, 21:11
ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާއެއް ހޫނުވެ، ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްއަށް ހަމަލާ ދީފައިވާތީ އެކަން ޔޫރަޕިއަން ޔޫނިއަން ޔޫނިިއަން(އީޔޫ)ގެ ޕާލަމަންޓްގައި ހިމެނޭ ޔޫރަޕްއިން ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓް ޕާޓީ(އީއާރުސީ)ން ކުށްވެރިކޮށްފިއެވެ.
އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަޖިލީހުގެ ތަޅުމުގައި އެފަދަ ކަމެއް ހިނގައިދިއުމަކީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް ކަަމަށެެވެ.
ގާނޫނު އިސްލާހު ގެނައުމަށް ކުރިއަށް ގެންދިޔަ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ މެމްބަރުންނަށް ފުރުސަތު ނުދީ އެ ގާނޫން ފާސްކުރިކަންވެސް އީއާރުސީން ނެރުނު ބަޔާނުގައި ވެއެވެ.
އީއާރުސީން ބުނީ 2004 އެއްގައި ރާއްޖޭގައި ފެށި އިސްލާހީ ހަރަކާތްތަކުގެ ދަށުން ގެނައި ޑިމޮކްރަސީގެ ކުރިއެރުންތަކަށްވެސް އެ ތަޅާފޮޅުންގަނޑުގެ ސަބަބުން ހިޔަނި އެޅި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އިދިކޮޅު ފަރާތްތައް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައިަފއިވާ ކަމަށެެވެ.
"ޝިޔާމްއަށް ދިން ހަމަލާއާ ގުޅިގެން ޕީޕީއެމްއިން މިހާރު އެވަނީ މިއަދު މަޖިލިސްވެސް ބޮއިކަޓްކޮށްފައި. ގާނޫނޫ ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތަސް އަނިޔާވެރިކަން އިސްނުކުރެވޭނެކަން އަންގައިދިނުމަށް ދިން މެސެޖެއް އެއީ" އީއާރުސީގެ ބަޔާނުގައި ވެއެވެ.
އީސީއާރުއިން ވަނީ އެ މައްސަލައިގެ ރަނގަޅު ތަހުގީގެއްކޮށް އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ އުސޫލުތައް ކަށަވަރުކުރުމަށް ގޮވާލައްވައިފައެވެ.
މަޖިލީހުގައި ހިނގި ތަޅާފޮޅުމާ ގުޅިގެން އެ މައްސަލަ ބަލައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށާއި، ޝިޔާމްއަށް އަނިޔާ ކުރި މެމްބަރުންނަށް ދައުވާކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ވަނީ ގޮވާލައިފައެވެެ.
އެ ހަމަލާއާ ގުޅިގެން ޝިޔާމްގެ ބުރަކަށީގެ ތިރިންނާއި މޭކަށިގަނޑުގައި ރެނދެއް ވަނީ ލާފައެެވެ.