29 Dec 2011, 10:29
ފައިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަސީރު އިސްތިއުފާ ދެއްވައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މަގާމެއްގައި ހުންނެވުމަށް ފަހު މި އަހަރުގެ އެޕްރީލް މަހު ފައިނޭންސް މިނިސްޓްރީއާ ގުޅިވަޑައިގަތް، ނަސީރު އިސްތިއުފާ ދެއްވީ ކީއްވެގެން ކަމެއް ނޭނގެ އެވެ.
ނަސީރުގެ އިސްތިއުފާގެ ސިޓީ ލިބިފައިވާ ކަމަށް ރައީސް އޮފީހުން ވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
ނަސީރު އިސްތިއުފާ މި ދެއްވީ ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒު ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޔާމީންގެ ކާރުކޮޅުގައި ބައްދަލު ކުރެއްވި މައްސަލާގައި އިނާޒާ ދޭތެރޭ އެމްޑީޕީގެ އިސް އެކްޓިވިސްޓުން ވަރަށް އިހާނެތިކޮށް ހިތައި އެމްޑީޕީ ހަރުގޭގައި އިނާޒު "ހިސޯރުކޮށްގެން" ގެން ގުޅުނުތާ 48 ގަޑި އިރު ވެސް ނުވަނީހެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރެ އަށް ފަހު ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒު އޮފީހަކަށް ވަޑައެއް ނުގަންނަވަ އެވެ.
ނަސީރު އިސްތިއުފާ ދެއްވެވި އިރު ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ އެމަނިކުފާނު އެކުލަވައިލެއްވެވި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮންސޮލިޑޭޝަންގެ އެގްޒެކެޓިވް ކޮމިޓީގައި ނަސީރު ހިމަނުއްވާފަ އެވެ. އެކޮމެޓީގައި އިނާޒު ވެސް ހިމަނުއްވާފައިވެ އެވެ.
ނަސީރު އިސްތިއުފާ ދެއްވި އިރު، ދައުލަތުގެ ފައިނޭޝަލް ކޮންޓްރޯލާގެ މަގާމުގައި ހުންނެވި އަހުމަދު އަސްއަދު ވެސް ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވައިފަ އެވެ.
ފައިނޭންސް މިނިސްޓަރު އިނާޒު "ހިސާރުކޮށް" އެމްޑީޕީ ހަރުގޭގައި އެ ޕާޓީގެ އިސް އެކްޓިވިސްޓުން، އިނާޒާ މުހާތަބުކޮށް، އެއް އިންސާނަކު އަނެއް އިންސާނަކަށް މުހާތަބު ކުރާނެ އެންމެ ހަޑި ހުތުރު "ފުޅަ" ބަހުން މުހާތަބު ކުރި އެވެ.