07 Jun 2020, 21:24
ކޮވިޑް-19 އިން ރަނގަޅު ވި މީހުންގެ އަދަދު 827 އަށް އަރައިފި ކަމަށް އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކުވައިދީފިއެވެ.
ޖުމްލަ 54 މީހަކު މިއަދު މި ބަލިން ރަނގަޅުވެފައިވާއިރު މި މީހުންގެ އިތުރު ތަފްސީލެއް އަދި ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ.
މިއަދު މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވަނީ އެންމެ ދެ މީހުންނެވެ. މިއީ ރާއްޖޭގައި އޭޕްރިލް 15 ވަނަ ދުވަހު ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން ރެކޯޑު ކުރެވުނު އެންމެ ދަށް އަދަދެވެ.
ބައްޔަށް މިހާތަނަށް ޖުމްލަ 1،903 މީހަކު ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު މިއަަދު ރަނގަޅުވި 54 މީހުންނާއެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 1،066 އަށް ދަށްވެފައެވެ.
ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ 1،022 މީހުންނާއި 639 ދިވެހިން ހިމެނޭއިރު 190 އިންޑިއާ މީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި ނޭޕާލްގެ 24 މީހުން، އިޓަލީގެ 11 މީހުން، ލަންކާގެ 10 މީހުންގެ އިތުރުން ޕާކިސްތާނުގެ ތިން މީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
ޖުމްލަ އަށް މީހަކު ބަލީގައި މިހާތަނަށް މަރުވި އިރު އޭގެ ތެރޭ ހިމެނެނީ އުމުރުން ދުވަސްވީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަތަރު މީހުންނެވެ.