ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ތަރިއަކަށް ކުޅަދާނަ ބަތަލާ ތާޕްސީ ޕަންނޫ ވެއްޖެ އެވެ.

މިދިޔަ އަހަރު ތާޕްސީގެ ހަތަރު ފިލްމެއް ވަނީ ސްކްރީންކޮށްފަ އެވެ. އޭނާ އަށް ވަނީ މިދިޔަ އަހަރު 352 ކުރޯޑުގެ އާމްދަނީއެއް ލިބިފަ އެވެ. އެ އަދަދާއެކު އޭނާ ވަނީ އެންމެ ބޮޑު އާމްދަނީއެއް ހޯދި ތަރިއަށް ވެފަ އެވެ.

އޭނާ މިދިޔަ އަހަރު ކުޅުނު ފިލްމު ތަކަކީ "ބަދްލާ"، "ގޭމް އޯވާ"، "މިޝަން މަންގަލް" އަދި "ޝާންދު ކީ އާންކް"އިންނެވެ. ބަތަލާ ތާޕްސީ އެންމެ ފަހުން ފެނިގެން ދިޔައީ މި އަހަރު ރިލީޒްކުރި "ތައްޕަޅު"އިންނެވެ.

ބަތަލާ ތާޕްސީ ބުނީ ލޮކްޑައުން ހާލަތުގައި ނަމަވެސް އޭނާގެ ކާމިޔާބީ ދަތުރު ފާހަގަކުރާނެ ކަމަށެވެ.

ތާޕްސީ އެންމެ ފުރަތަމަ ފިލްމަކީ 2010 ވަނަ އަހަރު ނުކުތް ތެލެގޫ ފިލްމު "ޖުންމާދީ ނާދަމް"އެވެ. އޭނާ އަކީ މިއަދު ބޮލީވުޑްގައި އެންމެ ޑިމާންޑް ބޮޑު އެކްޓަރެވެ.