ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެން އަލުން ފިލްމީ ދާއިރާއަށް ނުކުންނަން އުޅޭ ކަމުގެ އުފާވެރި ހަބަރު އޭނާ ވަނީ މިދިޔަ އަހަރު ދީފައެވެ. އެ ހަބަރާއެކު ގިނަ ބަޔަކު އިންތިޒާރުކުރީ އޭނާ ފެނިގެންދާނީ ކޮން ޝޯ/ފިލްމަކުން ތޯ ބެލުމަށެވެ.

"އާރިޔާ" ނަމަކަށް ކިޔާ ޓީވީ ވެބް ސީރީޒުން ސުޝްމިތާ ފެނިގެންދާއިރު މި ސީރީޒް ދައްކާނީ މި މަހު 19 ވަނަ މަހުގައެވެ. އަދި މި ސީރީޒްގެ ޓްރެއިލާ ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. ޑިޒްނީ ޕްލަސް ހޮސްޓްތާއިން ސްޓްރީމް ކުރަން ހަމަޖެހިފައިވާ މި ސީރީޒްގެ ޑައިރެކްޓަރަކީ ރާމް މަދުވާނީއެވެ.

އާރިޔާ އަކީ ނެދަލެންޑްސްގެ ޑްރާމާ ސިލްސިލާ "ޕެނޯޒާ" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ކްރައިމް ޑްރާމާ ސީރީޒްއެކެވެ.

ސުޝްމިތާ މިހާތަނަށް ކައިވެންޏެއް ކޮށްފައި ނުވި ނަމަވެސް އޭނާ ވަނީ ދެ ކުދިން އެޑޮޕްޓް ކޮށްފައެވެ.

ސުޝްމިތާ ފިލްމީ ދުނިޔެއާ އަލްވަދާއުކީ 2010 ވަނަ އަހަރު ނުކުތް ފިލްމު "ނޯ ޕްރޮބްލަމް" އަށް ފަހުއެވެ.