07 Jun 2020, 14:56
އަލް ޝާލީގެ ބޯޓު ޔާޑުންދޭ ހިދުމަތްތައް މިހާރު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އަލް ޝާލީ މެރިންގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް ވިދާޅުވީ މި ހާލަތުގައިވެސް ބޯޓުފަހަރު މަރާމާތު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ކުންފުނީގެ ބޯޓު ޔާޑުން ހިދުމަތް ދޭނެ ކަމަށެވެ.
ބޯޓު މަރާމާތުކުރުމާއެކު، ބޯޓު ޔާޑުންދޭ އެހެން ހިދުމަތްތައްވެސް ލިބޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޝަރީފް ވިދާޅުވީ މި ހާލަތުގައި ކަސްޓަމަރުންނަށްދޭ ހިދުމަތުގެ ސްކޯޕަށް ބަލައި ރަނގަޅު ޑިސްކައުންޓު އޮފާތަކެއްވެސް ދެމުންދާ ކަމަށެވެ.
"ހާއްސަ އޮފާތަކެއް ހުންނާނެ. މަސައްކަތުގެ ސްކޯޕަށް ބަލާފައި މެކްސިމަމް ފްލެކްސިބިލިޓީ އެބަ އޮފާކުރަން. ރަނގަޅު ޑިސްކައުންޓް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
މި ހާލަތުގައި ހިދުމަތް ހޯދުމަށް ޔާޑަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އަލްޝާލީ އިން ބުންޏެވެ.
އަލްޝާލީގެ ބޯޓު ޔާޑުން ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ؛ 6646066 ނުވަތަ 7776482 އަށެވެ.
އީމެއިމް މެދުވެރިކޮށް ކޮންޓެކްޓް ކުރާނަމަ[email protected]އަށް އީމެއިލް ކުރެވޭނެ އެވެ.
އަލްޝާލީ އިން ދޭ ހިދުމަތުގެ ތެރޭގައި އޮޑިދޯނި ފަހަރު ބަނުމާއި މަރާމާތުގެ ހިދުމަތް ހިމެނެ އެވެ.