ރާއްޖެއިން ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން އިތުރު 46 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ ބުނީ ބަލިން ރަނގަޅު މީހުންގެ ޖުމްލަ 763 އަށް އަރާފައިވާ ކަމަށެވެ.

މިހާތަނަށް 1901 މީހަކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވީއިރު މިހާރު ފަރުވާ ދެމުންދަނީ 1128 މީހުންނަށެވެ.

ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 1021 މީހުންނާއި 636 ދިވެހިންނެވެ. މީގެ އިތުރުން 190 އިންޑިއާ މީހުންނާއި 24 ނޭޕާލް މީހުން، އިޓަލީގެ 11 މީހުން، ލަންކާގެ 10 މީހުން ޕާކިސްތާނުގެ ތިންމީހުން އަދި އެހެން ގައުމުތަކުގެ ހަތަރު މީހުން ހިމެނެ އެވެ.

އަށް މީހަކު ބަލީގައި މަރުވި އިރު އޭގެ ތެރޭ ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަތަރު މީހުންނެވެ.