ރާއްޖެއިން މިއަދު ކޮވިޑް 19 އަށް ޕޮސިޓިވްވީ 18 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންގެ އިތުރުން ލަންކާ މީހަކާއި ނޭޕާލް މީހެއް ކަމަށެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ ވަނީ 1901 އަށް އަރައިފައެވެ.

މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 1021 މީހުންނާއި 636 ދިވެހިންނެވެ. މީގެ އިތުރުން 190 އިންޑިއާ މީހުންނާއި 24 ނޭޕާލް މީހުން، އިޓަލީގެ 11 މީހުން، ލަންކާގެ 10 މީހުން ޕާކިސްތާނުގެ ތިންމީހުން އަދި އެހެން ގައުމުތަކުގެ ހަތަރު މީހުން ހިމެނެ އެވެ.

ރާއްޖެއިން މިހާތަނަށް އަށް މީހަކު ބަލީގައި މަރުވެފައިވާއިރު އޭގެ ތެރޭ ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަތަރު މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ވަނީ 763 އަށް އަރައިފައެވެ.