05 Jun 2020, 23:25
އައްޑޫ ސިޓީ މީދޫއިން އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން ބުނީ ސ. މީދޫ ގައި އުމުރުން 52 އަހަރުގެ އަންހެނަކު މިއަދު ހެނދުނު 7:30 ހާއިރު ގެއިން ނިކުމެގެން ދިޔަގޮތަށް އެނބުރި އައިސްފައި ނުވާ މައްސަލަ އެއް މިރޭ 19:40 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.