05 Jun 2020, 20:26
ރާއްޖޭގެ އެންމެ މުއްސަނދިންނާއި ފަގީރުންނާ ދެމެދު 20 ޕަސެންޓުގެ ފަރަގު އެބަހުރި ކަމަށް ޕަލްޑި ޑައިމެންޝަނަލް ޕަވަޓީ އިންޑެކްސް ރިޕޯޓުގައި ބުނެފިއެވެ.
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ އެ ރިޕޯޓުގައި ބުނެފައިވާގޮތުން ވެލްތު ކުއިންޓައިލް އިން ބަލާއިރު އެންމެ މުއްސަނދިންނާއި ފަގީރުންގެ މެދުގައި 20 ޕަސެންޓުގެ ފަރަގު އެބަހުއްޓެވެ.
ވެލްތް ސްޓޭޓަސްއަކީ ދިރިއުޅުމުގެ ފެންވަރު ދައްކައިދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލެވޭ މިންގަނޑެކެވެ. ކުއިންޓަލްގައި އާބާދީ ފަސް ބަޔަކަށް ބަހާލާއިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ ފަގީރުންނާއި ފަގީރުން، މެދު (މިޑްލް ކްލާސް) އަދި މުއްސަނދިންގެ އިތުރުން އެންމެ މުއްސަނދިންނެވެ.
ވެލްތު ކުއިންޓައިލްގެ މެދުގައި މަލްޓި ޑައިމެންޝަނަލް ޕަވަޓީ ބެހިފައިވާ ގޮތަށް ބަލާއިރު، އާބާދީގެ 21 ޕަސެންޓަކީ އެންމެ ފަގީރުންގެ ގޮތުގައި ބެލެވޭ މީހުންނެވެ. 20.5 ޕަސެންޓު ފަގީރުންގެ ގޮތުގައި ބަލާއިރު މިޑްލް ކްލާސް މީހުންގެ ގޮތުގައި ބެލެވެނީ އާބާދީގެ 20.3 ޕަސެންޓެވެ. މުއްސަނދންގެ ގޮތުގައި އާބާދީގެ 19.6 ޕަސެންޓު ބެލެވޭއިރު އާބާދީގެ 18.6 ޕަސެންޓަކީ އެންމެ މުއްސަނދިންނެވެ.
ރިޕޯޓުގައި ބުނާގޮތުން ރާއްޖޭގެ ގޭބިސީއެއްގައި އެއްވަރެޖްކޮށް އުޅެނީ ހަތަރު ނުވަތަ ފަސް މީހުންނެވެ. ގޭގައި މީހުން މަދުވާ ވަރަކަށް އެ ގޭގެ މަލްޓިޑައިމެންޝަނަލް ފަގީރުކަން އިތުރުވާކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
މަލްޓި ޑައިމެންޝަނަލް ޕަވަޓީ އިންޑެކްސް އަކީ ފަގީރު ކަމުގެ ހާލަތު ދައްކައިދޭ، އަދި ފަގީރުކަމަށް ހުށަހެޅޭ ކަންތައް ބަޔާންކޮށްދޭ މިންގަނޑަކަށް ވާއިރު، ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުން ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުމުގައި މިއީ މުހިއްމު މިންގަނޑެކެވެ.