އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ ކޮންސޮލިޑޭޝަންގެ އެގްޒެކެޓިވް ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ، އަލުން އެކުލަވައިލައްވައި ކޮމިޓީގެ ޗެއާމަނަކަށް ކޮމިއުނިކޭޝަން މިނިސްޓަރު މުޙަންމަދު ޢާދިލް ސަލީމް ހަމަޖައްސަވައިފި އެވެ.

އަލަށް އެކުލަވައިލެއްވެވި ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު އަޙްމަދު ޢިނާޒާއި، ކެބިނެޓް ސެކްރެޓެރީ ޢަބްދުﷲ ސައީދާއި މިނިސްޓަރ އޮފް ސްޓޭޓް ފޯ ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު ނަޞީރާއި، މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމްއެފެއާޒް މުޙަންމަދު ފިރާޤާއި، މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބު މުޙަންމަދު ފަޔާޒާއި، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީގެ ޗީފް އެގްޒެކެޓިވް ފާއިޤު ޢުމަރެވެ.

މި ކޮމިޓީއަކީ، ސަރުކާރުގައިވާ އައިސީޓީގެ ވަސީލަތްތައް ސެންޓްރަލައިޒް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާއަރުވާފައިވާ ގޮތުގެމަތިން، މި ވަސީލަތްތައް ސެންޓްރަލައިޒް ކުރެއްވުމުގެ މަސައްކަތް، ކުރިއަށްދާ މިންވަރު ބައްލަވައި، ލަފަޔާއި އިރުޝާދު ދެއްވުމަށްޓަކައި އުފައްދަވާފައިވާ ކޮމިޓީއެކެވެ.