05 Jun 2020, 01:41
ކޮރޯނާ ވައިރަހާ ގުޅިގެން މާލެ ފުރަބަންދުގައި އޮތް މިހާލަތުގައި ހަމަނުޖެހުން ހިންގި ބަޔަކަ ހޯދަން ފުލުހުން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުުރު 13:30 އެހައިކަންހާއިރު މާލޭގެ ބޮޑުތަކުރުފާނު މަގު ހުޅުލޭ ފެރީތައް އޮންނަ ސަރަހައްދުގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭކަމަށް ސީސީޓީވީތަކުން ފެނުނު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ ސަރަހައްދަށް ފުލުހުންގޮސް ހަމަނުޖެހުން ހިނގި ދިވެހި ފިރިހެނަކު ހައްޔަރުކުރި ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގް ކުރަމުންދާ ކަމަށާއި އަދި އެ މައްސަލައިގައި ޝާމިލްވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެެ.
ފުރަބަންދުގައި ހުއްދަ ނެތި ބޭރުގައި އުޅޭތީ ފުލުހުން ވަނީ އެތައް ބަޔަކު ޖޫރިމަނާކޮށް ހައްޔަރުވެސް ކޮށްފައެވެ.