28 Dec 2011, 17:00
އިނގިރޭސި ޕްރެމިއާ ލީގުގައި ކުޅުމަށް ވުރެ ބޮޑަށް ސްޕެނިޝް ލަލީގާ ގައި ކުޅެން ބޭނުންވާކަމަށް ބެޔާން ބޮރޫސިއާ ޑޯޓްމުންޑްގެ ވިދަމުން އަންނަ ޒުވާން ތަރި މާރިއޯ ގޮޓްޒޭ ބުނެފި އެވެ.
އުމުރުން 19 އަހަރުގެ ފޯވާޑް ގޮޓްޒޭ ފާހަގަވެފައިވަނީ ދުނިޔޭގައި ހިމެނޭ މޮޅު ޒުވާން ކުޅުންތެރިއެއްގެ ގޮތުގައެވެ. ރެއާލް މެޑްރިޑާއި، ބާސެލޯނާ އާއި، އާސެނަލް އަދި މެންޗެސްޓާ ޔުނައިޓެޑުން ވެސް ދަނީ ގޮޓްޒޭ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
"ކޮންމެ ކުޅުންތެރިއެއްގެ ހުވަފެނަކަށް ވާނީ ސްޕެއިންގައި ކުޅެލުމަށް. ރެއާލް މެޑްރިޑް ނޫނީ ބާސެލޯނާ ގައި ކުޅެލުން. ޕްރެމިއާ ލީގަށް ވުރެ ބޮޑަށް ބޭނުމީ ސްޕެއިން ލީގުގައި ކުޅެން. ސްޕެއިންގެ ފުޓުބޯޅައިގެ ފެންވަރު ވެސް މާ ރަނގަޅު." ގޮޓްޒޭ ބުންޏެވެ.
ބޮރޫސިއާ ޑޯޓްމުންޑަށް ޖަރުމަން ލީގު ތަށި މިދިޔަ ސީޒަންގައި ހޯދިއިރު ޓީމުގެ މެދުތެރޭގައި ގޮޓްޒޭއާއިއެކު ހަރަކަތްތެރި ތުރުކީގެ ނޫރީ ސަހިން ރެއާލް މެޑްރިޑަށް ގެންދިޔަގޮތަށް ބޮރޫސިއާ ޑޯޓްމުންޑުން މިހާރު އެންމެ ފާހަގަކޮށްލެވެނީ މާރިއޯ ގޮޓްޒޭ އެވެ.