03 Jun 2020, 22:06
މިއަދު އިތުރު ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު 1,850 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހަވީރު 18:00 އާ ހަމައަށް ރާއްޖެ އިން ކޮވިޑް19 އަށް ޕޮސިޓިވްވީ ނުވަ މީހުން ކަމަށެވެ.
މިއަދު ނުވަ މީހުން ޕޮޒިޓިވްވި އިރު، އިއްޔެ ޕޮޒިޓިވްވެފައި ވަނީ 12 މީހެކެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ދެ ރައްޔިތަކާއި، ހަތް ދިވެހިން ކަމަށެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 1850 އަށް އަރާފައިވާއިރު، ބަލިން 644 މީހުން ވަނީ ރަނގަޅުވެފަ އެވެ. މިހާރު އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 1197 އެވެ. އަދި ބަލި ޖެހިގެން ހަތް މީހަކު ވަނީ މަރުވެފަ އެވެ.