28 Dec 2011, 15:38
ހުޅުމާލޭ އިރުމަތީ ފަރާތު ގަސްހޭޅި ފަށުގައި ފޮރުވާފައި ހުރި 48 ދަޅު ބަނގުރަލާއި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރާ ޕެކެޓްތަކެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ ހޯމަ ދުވަހުގެރޭ 11:40 އެހާކަންހާ އިރު އެތަކެތި ފެނިފައި ވަނީ ހުޅުމާލޭ އިރުމަތީފަރާތުގައި އާންމުކޮށް ގުރޫޕްތަކުން ގޮސް އުޅޭ ސަރަހައްދުގެ ގަސްތަކުގެ ތެރެއިން ފުޅިމަދު ފޮށިގަނޑެއްގެ ތެރެއިން ކަމަށެވެ. އަދި އެ ފޮށިގަނޑުގެ ތެރެއިން 48 ދަޅު ބަނގުރަލުގެ އިތުރަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
އެ މައްސަލަ އާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ބަނގުރާކަމަށް ތުހުމަތުކުރެވޭ ދެ ފުޅިއާ އެކު ދެ މީހަކު ހުޅުމާލެ އިން މިއަހަރުގެ ޖޫން މަހުތެރޭ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.