03 Jun 2020, 12:24
އާދިއްތަ ދުވަހު މަރުވި ބޮލީވުޑްގެ އެތައް މަޝްހޫރު އަލްބަމްތަކެއް ކޮމްޕޯސްކޮށްފައިވާ ޑުއޯ ކަމަށްވާ ސާޖިދު-ވާޖިދުގެ ވާޖިދު ހާންގެ މަންމަ ރަޒީނާ ޚާން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ސާޖިދު-ވާޖިދުގެ އާއިލާ އާ ގާތް މީހަކު ބޭރުގެ ނޫހެއް ކަމަށްވާ އިންޑިއަން އެކްސްޕްރެސް އާ ވާހަކަދައްކަމުން ބުނީ މިހާރު ރަޒީނާ އޮތީ ހޮސްޕިޓަލުގައި ބާއްވާފައި ކަމަށާއި މިވަގުތަށް އޭނާގެ ހާލަތު ރަނގަޅު ކަމަށެވެ. އަދި ފަރުވާކުރަމުންދާ ވަރަށް ބަލި ރަނގަޅުވުމުން އޭނާ ހޯމް ކަރަންޓީނަށް ބަދަލުކުރެވިގެންދާނެ ކަމަށް ވެސް އެ މީހާ ވަނީ ބުނެފަ އެވެ.
ރަޒީނާގެ ދަރިފުޅު ވާޖިދު ޚާން މަރުވެފައި ވަނީ ކިޑްނީ އިންފެޝަނަކަށް ފަރުވާ ދެމުން ދަނިކޮށް 42، އަހަރުގަ އެވެ. އަދި އޭނާ މަރުވި އިރު ވަނީ ކޮވިޑަށްވެސް ޕޮޒިޓިވްވެފަ އެވެ.
މުމްބާއީ ހޮސްޕިޓަލުގައި ރަޒީނާއަށް މިހާރު އަންނަނީ ފަރުވާދެމުންނެވެ.