ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެެއިން އިތުރު 200 މީހަކު އެނބުރި ގައުމަށް ފުރުވާލައިފި އެވެ.

މި މީހުން ގައުމަށް ފުރުވާލާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު އެވެ.

މީގެ ކުރިންވެސް އެކި ފަހަރު މަތިން ބަންގްލަދޭޝްގެ ރައްޔިތުން ގައުމަށް ގެންދިޔުމަށް މޯލްޑިވިއަން އިން ވަނީ އެގައުމަށް ޗާޓަރު ދަތުރުތައް ބާއްވައިފައެވެ.

މިހާތަނަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ހާހަކަށްވުރެ ގިނަ މީހުން ވަނީ ގައުމަށް ފޮނުވާލައިފަ އެވެ.

އޭގެ ތެރޭގައި މޯލްޑިވިއަންގެ ފްްލައިޓުތަކުގައި ގެންދިޔަ މީހުންނާއި ދިވެހި ސަރުކާރުން ޗާޓަރު ކުރި ބަންގްލަދޭޝްގެ އެއާލައިނެއްގެ ފްލައިޓެއްގައި ގެންދިޔަ މީހުންގެ އިތުރުން އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ދެ ފަހަރެއްގެ މަތިން ގެންދިޔަ މީހުން ހިމެނެއެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ފުރުވާލި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ގަވައިދާ ހިލާފަށް، ސައްހަ ލިޔެކިޔުން ނެތި އުޅޭ މީހުންނެވެ.

މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ސައްހަ ލިޔެކިޔުންތެތި 63،000 އެއްހައި ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭނެއެވެ. ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުަގއި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކުރިއަށް އޮތް ތިން މަސްތެރޭ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ރާއްޖެ އިން މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 1829 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 1003 މީހުން ހިމެނޭއިރު ރާއްޖެއިން މަރުވި ހަތް މީހުންގެ ތެރޭގައި އެގައުމުގެ ތިން މީހަކު ހިމެނެއެވެ.